ހަބަރު

ހިތަދޫ މައިލޯ ދަނޑުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

އައްޑޫ ސިޓީ ހިތަދޫގެ މައިލޯ ދަނޑުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، އައްޑޫގެ ހިތަދޫ މައިލޯ ދަނޑުގައި ރޯވީ އެ ތަނުގައި އެއްކޮށްފައި ހުރި ރަބަރު ފުނިތަކެއްގަ އެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުނީ މިއަދު މެންދުރު 1:30 ކަން ހާއިރު ކަމަށާއި 30 މިނެޓު ނުވަނިސް އަލިފާންގަނޑު އެއްކޮށް ނިއްވާލައިފި ކަމަށް އެމްއެންޑީއެެފުން ބުންޏެވެ.

އައްޑޫ ސިޓީ މައިލޯ ދަނޑުގައި މިއަދު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.