އައްޑޫ ސިޓީ

އައްޑޫ ފޭދޫ ގެއެއްގައި ކޮޓަރީގައި ރޯވެ އަނދައިފި

Apr 2, 2023

އައްޑޫ ސިޓީ ފޭދޫގެ ގެއެއްގެ ކޮޓަރީގައި އަލިފާން ރޯވެ އަނދައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އައްޑޫ ސިޓީ ފޭދޫ އަލިވިދާގޭގެ ކޮޓަރިއެއްގައި އަލިފާން ރޯވި ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 7:33 ހާއިރު އެވެ.

ސ. ހިތަދޫ ފަޔާ ސްޓޭޝަންގެ ފަޔާމަނުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިރޭ 8:09 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އައްޑޫ އިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އަލިފާނުގެ ހާދިސާގައި އެ ކޮޓަރި ވަނީ އެއްކޮށް އަނދައި އަޅިޔަށްވެފަ އެވެ.