އައްޑޫ ސިޓީގެ ހިތަދޫގައި ޕާކްކޮށްފައި ހުރި ކާރުތަކެއްގައި ރޯވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި މަގުމަތީގައި ހުރި މި ކާރުތަކަކީ ބޭނުން ނުކުރާތީ ޕާކްކޮށްފައި ހުރި ބާ ކާރުތަކެކެވެ.
މިހާދިސާގައި ރޯވި ކާރުތައް ޕާކްކޮށްފައި އޮތީ ހިތަދޫ އުސްގަނޑު ސަރަހައްދު ގައެވެ.
ހާދިސާ ހިނގީ މިއަދު ހެނދު 7:30 ހާއިރު އެވެ. ސިފައިންގެ ފަޔަ ފައިޓަރުންގެ މަސައްކަތުން 8:00 ހާއިރު ވަނީ އަލިފާންގަނޑު ނިއްވާލާފަ އެވެ.
އަލިފާންގެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެެވެ.