އަލިފާން

އައްޑޫސިޓީ ގެއެއްގައި އަލިފާން ރޯވެ ގެއްލުން ވެއްޖެ

އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގައި އަލިފާންގެ ހާދިސާއެއް ހިނގައި އެ ގެއަށް ގެއްލުންތައް ވެއްޖެ އެވެ. ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު ވިދާޅުވީ ހާދިސާ ހިނގައިފަވަނީ ހިތަދޫ، ކަނީރު ވިލާގައި ކަމަށާއި ނަމަވެސް ފަޔާ އެންޑް ރެސްކިއު ސާވިސް އާއި ހިތަދޫ ފުލުހުން އަދި އާއްމު ރައްޔިތުން ގުޅިގެން މިހާރު ވަނީ އަލިފާންގަނޑު ނިއްވާލާފަ ކަމަށެވެ.

ތައްޔިބު ވިދާޅުވީ މި ހާދިސާގައި ތިން ކޮޓަރުއެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެފަ ހުރި ކަމަށާއި ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭންގޭ ކަމަށެވެ.

"މީހުން ފުރަތަމަކީ ބަދިގޭގައި ރޯވި ކަމަށް. ނަމަވެސް ބަދިގޭގައި ހުރީ ވަރަށް ކުޑަކޮށް އަލިފާން ހިފާފަށް. ބޮޑަށް ހުރީ ކޮޓަރިތަކުގައި. މިހާރު ފުލުހުން އެހިސާބުގައި ހަރަކާތްތެރި ވަމުން ދަނީ،" ތައްޔިބު ވިދާޅުވި އެވެ.

ކައުންސިލުން ބުނީ އެގޭގައި ދިރިއުޅެނީ ބަންގްލަދޭޝް ބައެއް ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާ ކަމަށެވެ.