ހަބަރު

އަންނަ އަހަރުން ފެށިގެން ހެލްތު އެންޑް ސޭފްޓީ އެވޯޑު ދެނީ

އަންނަ އަހަރުން ފެށިގެން ކޮންސްޓްރަކްޝަން ދާއިރާއިން ހެލްތު އެންޑް ސޭފްޓީ އެވޯޑް ދޭން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ.

މަސީ އިން މިއަދު ފެށި އެނުއަލް ހެލްތު އެންޑް ސޭފްޓީ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޖަނާ ވިދާޅުވީ ހެލްތު އެންޑް ސޭފްޓީ އެވޯޑާއި ހެލްތު އެންޑް ސޭފްޓީ ކޮންފަރެންސް އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވާނެ ކަމަށެވެ. އަދި މި އެވޯޑުތައް ދޭނީ ފަސް ދާއިރާއަކުން ބަހާލައިގެން ކަމަށެވެ.

  • ސޭފްޓީ އިނޮވޭޝަން އެވޯޑް ފޮ ސްމޯލް ބިޒްނަސް (50 މީހުންނަށް ވުރެ ދަށް ކުންފުނިތަކަށް)
  • ސޭފްޓީ އިނޮވޭޝަން އެވޯޑް ފޮ ލާޖް ބިޒްނަސް (50 މީހުންނަށްވުރެ ގިނަ ކުންފުނިތަކަށް)
  • ސޭފްޓީ ލީޑާޝިޕް އެވޯޑް
  • ސޭފްޓީ ކޮންޓްރިބިއުޝަން އެވޯޑް
  • ބެސްޓް ކޮމްޕެނީ ފޯ ހެލްތް އެންޑް ސޭފްޓީ އެވޯޑް

ޖަނާ ވިދާޅުވީ ހެލްތު އެންޑް ސޭފްޓީ ކޮންފަރެންސް، ސަަބަނުން އިމާރާތް ކުރުމާއި ސައިޓުތަކުގައި ދިމާވާ ހާދިސާތައް މަދުކޮށް ސަލާމަތީ ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން ދާއިރާގެ މީހުންނަށް މި ކޮންފަރެންސްގައި ކިޔައިދޭނެ ކަމަށެވެ.