މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ހަ އަތޮޅަކަށް ވައިޓް އެލާޓް ނެރެފި

ގައުމީ މޫސުމާބެހޭ އިދާރާއިން ރާއްޖޭގެ އުތުރުގެ ހަ އޮތޮޅަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން އެލާޓް ނެރެފައިވަނީ އުތުރުގެ ހއ. ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ އަދި ބ އަތޮޅަށެވެ. މި އަތޮޅުތަކަށް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:00 އިން މެންދުރު 1:00 އަށެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ މި ހަ އޮތޮޅަށް ވައިޓް އެލާޓް ނެރެފައިވަނީ، ބޯކޮށް ވާރޭ ވެހި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ. ގަޑިތަކުގައި، ގަޑިއަކު 35 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

ރާއްޖެގެ އެހެން ހިސާބުތަކަށް ވެސް މިއަދާއި މިރޭ ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭއިރު، ގަޑިއަކު 10 މޭލާއި 20 މޭލު ދެމެދުގެ ބާރު މިނެއްގައި ވައ ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ކަނޑު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑު ވެސް ގަދަ ވާނެ އެވެ.