އަލިފާން

ގެއެއްގައި އަލިފާން ރޯވެ ގެއްލުން ވެއްޖެ

May 2, 2019
1

ރޭ މެންދަމު މާލޭގެ ގެއެއްގައި އަލިފާން ރޯވެ އެ ގޭގެ ބަޔަކަށާއި ބައެއް ތަކެއްޗަށް ގެއްލުންތައް ވެއްޖެ އެވެ. އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ރޭ މެންދަމު އަލިފާން ރޯވީ އަމީނީ ގޯޅީގައި ހުންނަ ގ. ފެހި ގިރީގަ އެވެ.

ފުލުހުން ބުނީ ފެހިގިރީގެ ހަވަނަ ބުރީގައި އަލިފާން ރޯވެފައިވާކަން ރޭ މެންދަމު 3:52 ގައި އެނގުމުން އެ ގެއަށް ދިޔައިރު އަލިފާން ރޯވެފައިވާ އެޕާޓްމަންޓް ހުރީ ތަޅުލާފައި ކަމަށެވެ. ފުލުހުންނަށް އެ ގޭގެތެރެއަށް ވަދެވުނީ ދޮރުގައި ތަޅައި ގަތް ފަހުން މީހަކު އެތެރެއިން ދޮރު ހުޅުވުމުން ކަމަށެވެ.

ފުލުހުން ބުނީ އެ ގެއަށް ވަދެ އަލިފާން ރޯވެފައިވާ ތަން ނިއްވާލީ އަލިފާން ނިވާ ފުޅި އާއި ފެން ބޭނުންކޮށްގެން ކަމަށާއި އަލިފާނުގެ އެ ހާދިސާގައި އެ އެޕާޓްމަންޓްގެ ބެލްކަނީގައި ހުރި ދެ ދޮންނަ މެޝިނަކާއި ލަކުޑި ގޮނޑިއެއް އަނދައިގެ ދިޔައިރު ފާރުތަކުގައި ރެނދުލާފައިވާ ކަމަށެވެ.

އަލިފާނުގެ މި ހާދިސާ ބަލައި ތަހުގީގު ކުރަން ވަނީ ފަށާފަ އެވެ.