ވިޔަފާރި

ސުޒުކީ އައުޓް ބޯޑު އިންޖީނުގެ ޕްރޮމޯޝަނެއް ފަށައިފި

May 2, 2019

އެމްޓީސީސީން ވިއްކާ ސުޒުކީ އައުޓް ބޯޑު އިންޖީނަށް ހާއްސަކޮށް ބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެމްޓީސީސީ އިން ރޯދަ މަހާ ދިމާކޮށް ފެށި "ސުޒުކީ ރޯދަ ޕްރޮމޯ" އާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖަރު އިސްމާއީލް އަދުހަމް މިއަދު ވިދާޅުވީ ސުޒުކީ ރޯދަ ޕްރޮމޯޝަންގައި 9.9 ހޮސްޕަވަރުން ފެށިގެން 150 ހޯސްޕަވަރުގެ އައުޓްބޯޑު އިންޖީނަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މި ޕްރޮމޯޝަނުގައި 15 ޕަސެންޓާ ހަމަ އަށް ސުޒުކީ އައުޓްބޯޑު އިންޖީނުން ޑިސްކައުންޓް ލިބޭއިރު، އެއީ ގާތްގަނޑަކަށް 40،000 ރުފިޔާގެ ހެޔޮވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި އަގު ހެޔޮ ވުމާއެކު، ރަށްރަށުގައި ތިބި ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އަދުހަމް ވިދާޅުވި އެވެ.

އެމްޓީސީސީ އިން ވިއްކާ ސުޒުކީ އައުޓް ބޯޑު އިންޖީނަކީ މަސްވެރިންގެ މެދުގައި މަގުބޫލު އިންޖީނެކެވެ. މި ބްރޭންޑުގެ ކުދި އިންޖީނުތަކަކީ ރަށްރަށުގައި ގިނަ އިން ބޭނުން ކުރަން އެއްޗެކެވެ.