ވިޔަފާރި

އިތުރަށް ފަސޭހަކޮށްދޭން "ފަސޭހަ ރީޗާޖު" ސެންޓަރެއް

އޮންލައިން އެޕްލިކޭޝަނެއްގެ ގޮތު 2017 ވަނަ އަހަރު ތައާރަފުވެ މިހާތަނަށް ހިދުމަތް ދެމުން އައި "ފަސޭހަ ރީޗާޖް" އެއީ ވަރަށް ގިނަ އާންމުންގެ ބައިވެރިއެކެވެ. ފަސޭހަ ރީޗާޖްގެ ހިދުމަތް އިތުރަށް ފަސޭހަވެފައި ހިދުމަތް ރަނގަޅުވާން އާންމުން ބޭނުންވެ އެވެ. މިއޮތީ އެ ދުވަސް އައިސްފަ އެވެ.

ފަސޭހަ ރީޗާޖްގެ ހިދުމަތް އިތުރަށް ފަސޭހަ ކޮށްދިނުމަށް މިއަދު ވަނީ ފަސޭހަ ރީޗާޖްގެ ސާވިސް ސެންޓަރެއް އާންމުންނާ ހަމައަށް ގެނެސްދީފަ އެވެ.

ފަސޭހަ ރީޗާޖުގެ ހިދުމަތް އިތުރަށް ފަސޭހަ ކޮށްދިނުމަށްޓަކައި މިއަދު ސާވިސް ސެންޓަރެއް ހުޅުވީ ހުޅުމާލޭ ޗަނބޭލީ މަގު ރެހެންދި ސްކޫލް ކައިރިން ޓާފް ދަނޑު ފަހަތުގަ އެވެ.

ފަސޭހަ ރީޗާޖްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފަސޭހަ ރީޗާޖަކީ އޮންލައިން އެޕްލިކޭޝަނެއްގެ ގޮތުގައި ފެށިގެން އައި ނަމަވެސް މިއަދުން ފެށިގެން ހިދުމަތް ފުޅާވެ ސާވިސް ސެންޓަރުގެ ތެރެއިން މުއާސަލާތީ ކުންފުނި އުރީދޫގެ ސިމް ޕޯސްޓްޕެއިޑް ޕްރީޕެއިޑަށް ބަދަލު ކުރުމުގެ ހިދުމަތާއި ދިރާގު އަދި އުރީދޫ ސިމްކާޑު ވިއްކުމުގެ ހިދުމަތް ވެސް ދޭނެ އެ އެވެ.

އަދި ފަސޭހަ ރީޗާޖު އެޕްލިކޭޝަނަށް ކޭޝްއިން ކުރުމުގެ ހިދުމަތާއި ރީލޯޑް ރާސްޓަސް ސްޓޮކް އައި ދިނުމުގެ ހިދުމަތް ދޭއިރު އެޕް މެދުވެރިކޮށް، އުރިދޫ އަދި ދިރާގުގެ ޑާޓާ ޕެކޭޖް އަދި ވޮއިސް ޕެކޭޖެ ވެސް ނެގެން ހުންނާނެ އެވެ.

"އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ސާވިސް ސެންޓަރު މެދުވެރިކޮށް ކޭޝްކޮށް ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް މިހާރު ލިބެން ހުންނާނެ،" އެ އޮފިޝަލު ވިދާޅުވި އެވެ.

ފަސޭހަ ރީޗާޖް އެންމެ ފުރަތަމަ ވުޖޫދަށް އާއިރު އޭރު ފަސޭހާ ރިޗާޖް ބޭނުން ކޮށްގެން ހަމައެކަނި ލިބެނީ ރީލޯޑާއި ރާސްޓަސް އެވެ. އެއީ އޭރެވެ. މިހާރު މިވީ ދެއަހަރު ތެރޭގައި އެ އެޕްލިކޭޝަނުން ވަނީ މަސް ނިމުމުން ހުރިހާ ދިމާއަކަށް ބިލް ދައްކަން ދުއްވަން ޖެހޭ ދުއްވުން ހުއްޓުވައިދީފަ އެވެ.

މަސް ނިމުމާއެކު ފޯނު ބިލާއި ފެން ބިލާއި، ކަރަންޓް ބިލް އަދި މީޑިއާ ނެޓް ބިލް ދައްކަން މީގެ ކުރިން އެތަންތަނުގެ އޮފީސް ދޮށަށް ދުއްވަން ޖެހުނަސް ފަސޭހަ ރީޗާޖާއެކު އެ ދުވުންތައް ހުއްޓުނީ އެވެ. މިހާރު ކޮންމެތާކު ހުރެގެންވެސް ފަސޭހަ ރިޗާޖް ބޭނުންކޮށްގެން އޮންލައިންކޮށް ބިލަށް ފައިސާ ދައްކާލެވެ އެވެ. އަދި ސާވިސް ސެންޓަރެއް އައުމުން އިތުރަށް މިއޮތީ ފަސޭހަވެފަ އެވެ.