ހަބަރު

ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގައި ރައީސް ބައިވެރިވެވަޑައިގެންފި

May 5, 2019
1

ރޯދަ މަހުގެ ކުރިން ހުކުރު މިސްކިތް އާބާތުރަ ފިލުވުމަށް ހެރިޓޭޖް މިނިސްޓްރީ އިން ކުރިޔަށް ގެންދިޔަ ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފި އެވެ.

ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް ފެއްޓޭވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އާއި ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު އިސްވެ ހުންނަވައިގެންނެވެ. އެ މަސައްކަތުގައި ސިޔާސީ މަގާމްތަކުގައި ތިއްބަވާ އެހެން ފަރާތްތައް ވެސް ބައިވެރިވެވަޑައިގަތެވެ. އެގޮތުން ރައީސް ސޯލިހު ވެސް މިއަދު ވަނީ އެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. އެމަނިކުފާނު އާންމުކޮށް ހުކުރު ނަމާދަށް ވަޑައިގެންނަވާ އެ މިސްކިތުގެ ތަންތަން ބައްލަވާލެއްވުމަށް ފަހު އެމަނިކުފާނު ވަނީ ހުކުރު މިސްކިތުގެ މުންނާރަށް ވެސް އަރައިވަޑައިގެންފަ އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އެ މިސްކިތުގެ އާބާތުރަ ފިލުވުމުގެ ގޮތުން ހަރިންމަ ފާރުގައި ކުލަލައި، ވަޅުދިޔަ ހިއްކާ ގަބުރުސްތާން ސާފުކޮށް އަދި ވެލިލުމުގެ މަސައްކަތް ވެސް މިއަދު ކުރި އެވެ.