ދުނިޔެ

ޕްރިންސް ހެރީ އާއި މޭގަންއަށް ފިރިހެން ދަރިކަލެއް

May 6, 2019

އިނގެރޭސިވިލާތުގެ ޝާހީ އާއިލާގެ ދަރިކަލުން ޕްރިންސް ހެރީ އާއި އެމެރިކާގެ މަޝްހޫރު އެކްޓްރެސް މޭގަން މާކަލްއަށް ފިރިހެން ދަރިކަލަކު ލިބިވަޑައިގެންފި އެވެ. މިއީ އެ ދެކަނބަލުންގެ ފުރަތަމަ ބޭފުޅާ އެވެ.

މޭގަން ވިހައިފި ކަމުގެ ހަބަރު މީޑިއާތަކުން ޔަގީން ކޮށްފަައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި މޭގަަން ވިހަން ލޭބާ އަށް ގެންދިޔަ ކަމަށް ރިޕޯޓު ކުރުމަށްފަހު އެވެ. ހެރީ އަށާއި މޭގަން އަށް ފިރިހެން ކުއްޖެއް ލިބިފައިވާއިރު މިއީ އިނގިިރޭސި ޝާހީ އާއިލާއަށް ތަފާތު ދެ ނަސްލެއްގެ ކުއްޖެއް ލިބުނު ފުރުތަމަ ފަހަރެވެ.

ޝާހީ އާއިލާތަކުގެ ސަގާފަަތާ ތަފާތު ގޮތަކަށް ހެރީއާއި މޭގަން އަށް ލިބުނީ ފިރިހެންކުއްޖެއް ކަން އިއުލާންކޮށްފައިވަނީ، މިހާރުގެ ޒުވާނުން އިއުލާން ކުރާ ގޮތަށް އިންސްޓަގްރާމް މެދުވެރިކޮށެވެ. ދަަރިއަކު ލިބުނުކަން އިއުލާންކޮށް "ސަަސެކްސް ރޯޔަލް" އިން ބުނެފަައިވަނީ، މޭގަން އާއި ދަރިފުޅުގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި ވިހި އިރު ދަރިފުޅުގެ ބަރުދަނުގައި 3.2 ކިލޯ ހުރި ކަމަށެވެ. ދަރިކަލުންނަށް ކިޔާނެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ.

ޝާހީ އާއިލާއަށް އާ މެންބަރަކު އުފަންވާއިރަށް ހޮސްޕިޓަލްގެ ބޭރުގައި ފޮޓޯ ނެގުމަކީ ސަގާފަތަކަށްވެފައި އޮތް ކަމެކެވެ. ނަމަވެސް މޭގަން ވިހެއުމަށް ވަޑައިގެންނެވީ އެކަމަނާގެ ގެކޮޅަށެވެ. އެހެންވެ، އެ ސަގާފަތާ އެއްގޮތަށް މިފަހަރު ކަންތައް ނުދާނެ އެވެ.

މިއަދު އުފަންވި ޝާހީ އާއިލާގެ އާ މެންބަރަކީ ކްއީމް އެލިޒަބަތަށްފަހު ތަހުތުވާރުތަވާނެ ހަތްވަނަ ބޭފުޅާ އެވެ.

ހެރީގެ ބައްޕާފުޅު ވެސް ދުނިޔޭގައި ހުންނެވިއިރު ބޭބެފުޅު ޕްރިންސް ވިލިއަމް އާއި އޭނާގެ ތިން ބޭފުޅުން އެބަ ތިއްބެވި އެވެ. ޕްރިންސް ވިލިއަމްއަށް ވެސް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވީ ފިރިހެން ބޭފުޅެކެވެ. އެއީ ޕްރިންސް ޖޯޖެވެ.