ހަބަރު

ރައީސްގެ ދެކަނބަލުންގެ އީދު ސަލާމާއި ކުޑަކުދިންގެ ހަވީރު މިއަހަރުވެސް ބާއްވަނީ

Jul 15, 2015
3

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ބާއްވައި އީދު ސަލާމް ކުރެއްވުމާއި ކުޑަކުދިންގެ ހަވީރު ސަލްޓަންޕާކްގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ބުނި ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން އޮންނާނީ ސަލްޓަންޕާކްގައި އެ ދުވަހު ހެނދުނު 9:00 ގަ އެވެ. އަދި ކުޑަކުދިންގެ ހަވީރު ބާއްވަނީ އެ ދުވަހު ހަވީރު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އީދު ސަލާމް ކުރެއްވުމަށާއި ކުޑަކުދިންގެ ހަވީރުގެ ވީހާ ވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ރައީސް ވަނީ ދައުވަތު ދެއްވައިފަ އެވެ. އަދި ހާއްސަ ގޮތެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ކުޑަކުދިންގެ ހަވީރުގައި ބައިވެރިވެ، އެ ދުވަހުގެ އުފަލުގައި ބަައިވެރިވުމަށް ރައީސްގެ ދެކަނބަލުން ވަނީ އެދިވަޑައިގެންފަ އެވެ. އީދު ސަލާމް ކުރެއްވުމާއި ކުޑަކުދިންގެ ހަވީރެއް ރައީސްގެ ދެކަނބަލުން ބާއްވަނީ، އެ ދުވަހުގެ އުފަލުގައި ރައީސްގެ ދެކަނބަލުން ވެސް ބައިވެރި ވުމުގެ މަގުސަދުގަ އެވެ.

މިދިިޔަ ދެ އީދުގައިވެސް މިދެ ރަސްމިއްޔާތު ރައީސްގެ ދެކަނބަލުން ބާއްވަވާފައިވެ އެވެ.