ހަބަރު

ރަށު ޓޫރިޒަމަށް މަޝްވަރާކުރަން މިނިސްޓަރު ލ. އަތޮޅަށް

ޓުއަރިޒަމް ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ބަލައި ރަށު ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރަން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ލ. އަތޮޅަށް ވަޑައިގެންފި އެވެ.

މިނިސްޓްރީން ބުނީ، މި ދަތުރުފުޅަކީ، އެ އަތޮޅުގެ ރަށްރަށުގައި ރަށު ޓޫރިޒަމް ކުރިއަރުވަން ހުރި ގޮންޖެހުންތަކާއި ދަތިތައް ބެލުމަށާއި، އެ ވިޔަފާރި ފުޅާ ކުރުމާ ގުޅޭގޮތުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލާއި ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ސިލްސިލާ ދަތުރުތަކުގެ ބައެއް ކަމަށެވެ.

ދެ ދުވަހުގެ ދަތުރުފުޅުގައި ލ. ގަމާއި ފޮނަދޫ އާއި ކައްދޫ އަދި ބަރެސްދޫއަށް މިނިސްޓަރު ވަޑައިގަންނަވާނެ އެވެ.