ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ވާދަ ކުރައްވަން ކުޑަ ހުވަދޫ ދާއިރާއަށް އިންތިހާބު ވެވަޑައިގެންފައިވާ މެމްބަރު އަހުމަދު އާމިރު ޝައުގުވެރިކަން ފާޅު ކުރައްވައިފި އެވެ.
އެމްޑީއޭގެ މެންބަރު އާމިރު ވިދާޅުވީ އޭނާ މަޖިލީހުގެ ނައިބު ރައީސް ކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށާއި އެ މަގާމަށް ވަޑައިގަތުމަށް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ތާއީދު އޭނާއަށް ދެއްވާނެ އޭކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު ހޮވުމަށްފަހު ކޮންމެ ސިޔާސީ ފިކުރެއްގެ ތެރެއިން ވަޑައިގެންނެވި ނަމަވެސް ކޮންމެ މެމްބަރަކުވެސް އެންމެ އިސްކަން ދޭނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާގެ ރޫހާ އެއްގޮތްވާ ގޮތުގެ މަތީން ދާއިރާތައް ތަމްސީލު ކުރުން ކަމަށެވެ. އެހްނެވެ ހުރިހާ ޕާޓީއެއްގެ ފަރާތުން ވެސް އެއްބާރުލުން ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އާ މަޖިލީހުގެ ނައިބު ރައީސް ކަމަށް ޝައުގުވެރިވެ ވަޑައިގެން ސީދާ އެކަން އެއްވެސް ބޭފުޅަކު އާމިރު ނޫނީ އަދި އިއުލާނެއް ނުކުރައްވަ އެވެ. ނަމަވެސް ބައެއް ފަރާތްތަކަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ހާމަ ކުރައްވާފައި ވެއެވެ.