ހަބަރު

އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަންކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް މިއަދު އައްޔަން ކުރެއްވީ މއ. އެރިޒޯނާ، މަރިޔަމް ނާޒިމާ އެވެ.

ނާޒިމާއަކީ މީގެ ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފަ އެވެ. މީގެ އިތުރުން، ޔޫތް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ވަނީ އަދާ ކުރައްވާފަ އެވެ.