ހަބަރު

ތ. އިން އައްޑުއާ ހަމައަށް ވައިޓް އެލާޓް ނެރެފި

ތ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ރަށް ތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އެ ސަރަހައްދަށް ވައިޓް އެލާޓެއް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ރާއްޖޭގެ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

އެ އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަަމަށެވެ.

މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ހުޅަނގެ މޫސުމާ ގުޅިގެން ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް މެޓް އޮފީހުން އަަންނަނީ ވައިޓް އެލާޓާއި ޔެލޯ އެލާޓް ނެރެމުންނެވެ.