ސިއްހަތު

ތޮއްޖެހިފައިވާ ގޮތަށް ކޮށީގައި ކުކުޅު ގެންގުޅުމާ ދެކޮޅަށް ބްރެޑް ޕިޓް

Jul 17, 2015

"ދަ ނޯޓްބުކް"ގެ ތަރި ރަޔަން ގޮސްލިން އަދި ޑޮކިއުމެންޓްރީ ހެދުންތެރިޔާ ބިލް މޭއަރގެ އިތުރުން ޕިޓް ވެސް ބުރާސްފަތި ދުވަހު ބުނެފައިވަނީ ކޮސްޓްކޯގައި ހުންނަނީ ކުދިކުދި ކޮށިތަކެއް ފަސް ހަ ކުކުޅު ލާފައި ކަމަށާއި އެއިން ކުކުޅަކަށް "ފިޔަގަނޑު ފަތުރާލާނެ ޖާގަ ވެސް ނެތް" ކަމަށެވެ.

"މިހެންވެ އެ ސޮރުމެންގެ މަސްލްތައް (ހަށިގަނޑުގެ މަސްތައް) 'އެޓްރޮފީ'ވެ ބައެއް ކުކުޅުތައް 'މަމިފައި' ވަމުން (މަރުވެ ހަރުދަނޑިވަމުން) އަންނަ ކަމަށް" ކޮސްޓްކޯ އަށް ފޮނުވި ސިޓީއެއްގައި ޕިޓް ބުނެފައިވެއެވެ.

އިންސާނުން ވެސް އަދި އެހެނިހެން މަހުލޫގުން ވެސް ހަރަކާތްތެރިވެ ނޫޅޭ ކަމަށް ވަންޏާ ހަށިގަނޑުގެ މަސްތަކާއި ނާރުތަކަށް ގެއްލުން ލިބޭ ކަމަށް ވާތީ ކޮސްޓްކޯގެ މި އަމަލަކީ "ކްރުއަލްޓީ އަގެއިންސްޓް އެނިމަލްސް" ނުވަތަ ޖަނަވާރުންނަށް އަނިޔާވެރިވުމުގެ އަމަލެއް ކަމަށް ޕިޓް ސިފަކޮށްފައިވެއެވެ.

 

މީގެ އިތުރުން ޕިޓް ވަނީ ކޮސްޓްކޯއިން ކޮށީގައި ގެންގުޅޭ ކުކުޅު އަޅާ ބިސް ނުގަތުމަށް އެމެރިކާ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.