ހަބަރު

ރާއްޖެއަށް ބޭރުކުރަން އުޅުނު 14 ކިލޯގެ މަސްތުވާތަކެތި އިންޑިއާއިން އަތުލައިގެންފި

May 25, 2019
1

ރާއްޖެއަށް އެކްސްޕޯޓް ކުރަން ރާވާފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އިންޑިއާގެ ޓްރިވެންޑްރަމް ފުލުހުން އަތުލައިގެންފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެހިކަލެއްގައި ގާތްގަނޑަކަށް 14 ކިލޯގެ މަސްތުވާތަކެތި އުފުލަނިކޮށް ފުލުހުން ވަނީ އެ ވެހިކަލް ހުއްޓުވައި އޭގެ ތެރޭގައި ތިބި ތިން މީހަކު (ފޮޓޯގައި) ހައްޔަރުކޮށްފަ އެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 2.5 ކިލޯގެ ގަންޖާއާ، 11.5 ކިލޯގެ ހަޝިޝް އޮއިލް ހިމެނޭ ކަމަށާއި، އެތަކެތީގެ އަގު 120 މިލިއަން އިންޑިއާ ރުޕީސްއަށް އަރާނެކަމަށް ބެލެވޭކަމަށް ފުލުހުންނާއި ހަވާލާދީ މިޑިއާ ރިޕޯޓުތައް ބުނެފައިވެ އެވެ.

ހައްޔަރުކުރި ތިން މީހުން ފުލުހުންނަށް ބުނެފައިވަނީ، އެ މަސްތަކުވާތަކެތި ގެންދިޔައީ ރާއްޖެއަށް އެކްސްޕޯޓް ކުރުމަށް އޭޖެންޓަކާއި ހަވާލު ކުރަން ކަމަށެވެ.