އެޑްވަޓޯރިއަލް

އަލްމައިދާ: ގްރޫޕް ރޯދަ ވީއްލުމަށް ހުޅުމާލެއަށް

May 27, 2019
2

ރޯދަ ވީއްލަން ދާން ބޭނުންވަނީ އާއިލާ އެކޮށެވެ. ނޫނީ ރަހުމަތްތެރިން ގްރޫޕު ހަދާލައިގެންނެވެ. އެކަމަކު މައްސަލައަކީ ހުޅުމާލޭގައި ގްރޫޕް ރޯދަ ވީއްލުން ތަކަށް ހާއްސަ ތަންތަން މަދުވުމެވެ. އެކަމަކު، އެކަމަށް ވެސް މިހާރު "ޗޮއިސް" އެއް އެބައޮތެވެ. އެއީ ހުޅުމާލޭގައި ހުޅުވާފައިވާ އަލްމައިދާ ރެސްޓޯރެންޓެވެ. ސުވާލަކީ އަލްމައިދާ ގްރޫޕު ރޯދަ ވީއްލުމަށް ހާއްސަވަނީ ކީއްވެގެން ހެއްޔެވެ؟

ފުރަތަމަ ކަމަކީ މި ރެސްޓޯރެންޓުގައި އެކަށީގެންވާ ރަނގަޅު ޖާގައެއް އޮތުމެވެ. ރެސްޓޯރެންޓުގެ އެތެރޭގައި ބޮޑު އާއިލާއަކަށް ތިބެ ލެވޭނެ އެވެ. ރެސްޓޯރެންޓުގެ ތެރެ ބަޔަކީ އެއާ ކޮންޑިޝަން ކޮށްފައި ހުންނަ ބައެކެވެ. އަދި ބޭރުގައިވެސް ގިނަ ބަޔަކަށް ތިބެވޭނެ އެވެ. އެހެންނަމަވެސް މިތަނަކީ އެއާކޯންގައި ތިބެން ބޭނުން ނުވާ މީހުންނަށް ހާއްސަ ބައެކެވެ. އަދި އެތެރެއާއި ބޭރުގެ މާހައުލަށް ބަލާއިރު މިއީ އެންމެ ހިތްގައިމު އެއް ތަނަށްވާނެ އެވެ.

ދެން އޮތީ، ކެއުންތަކެކެވެ. އަލްމައިދާ ހާއްސަވަނީ އިންޑިއަން ފުޑަށެވެ. އަވަށްޓެރި އިންޑިއާގެ ކެއުންތަކަށެވެ. އެކަމަކު އިންޑިއަން ފުޑަށް ހާއްސަ ނަމަވެސް ދިވެހި ވަންތަ ރަހަ ރޯދަ މެނޫން އިން ގެއްލުވައެއް ނުލަ އެވެ. އެ ތަނުގައި ވެސް ދިވެހި ރަހަތައް ހުރެ އެވެ.

އަލްމައިދާ ހުންނަނީ ހުޅުމާލެ، ނިރޮޅު މަގު ހަ ނަމްބަރު ގޯޅިއަށް ވާ ގޮތަށެވެ.