ރައީސް އަމީންގެ ރެސިޕީ

ރައީސް އަމީންގެ ރެސިޕީ: ގޯބިލި މުރުއްބާ

ބޭނުންތަކެތި

ބިލި ރާތާ 1
ހަކުރު ރާތާ 1

އަޅާނެ ގޮތް

އެންމެ ފުރަތަމައިން، ގޯބިލިތައް އީޓުގައި އޮއްބަވައިގެން ހުތް ނެރުއްވަވާށެވެ. އެއަށްފަހު.. އާދެ! އެއަށްފަހު، ފެނަށްއަޅުއްވަވާށެވެ. އެ ފެނުންނަންގަވައި، އަނެއްކައިވެސް ދޮންނަވައިލައްވާށެވެ. ލޯގަޑެއްގައި، ނުވަތަ ތެލިބުރިއެއްގައި ފެންފޮދެއް ކައްކަވަން އުއްދަވާށެވެ. ރަގަޅަށް ކެކިގަތީމާ ގޯބިލިކޮޅު އެ ފެނުގެ ތެރެޔަށް އަޅުއްވަވައިލައްވާށެވެ. ކުޑަ އިރުކޮޅަކަށްފަހު، ނަންގަވައިގެން އަނެއްކައިވެސް ފެން އެއްޗެއްގެ ތެރެޔަށް އަޅުއްވައިލައްވާށެވެ. ނަންގަވައިގެން ގޯބިލިތައް ހަލާކު ނުވާނެހެން ފެއްލަވައިލައްވާށެވެ.

ގޯބިލިކޮޅު ކިރުއްވަވާށެވެ. ގަލަކަށް ގަލެއް ވާނޭހެން ހަކުރު ކިރުއްވަވާށެވެ. ތެލިބުރިއަކަށް ހަކުރު އަޅުއްވައިގެން ކިރިޔާ ވިރޭ ވަރަށް ފެންފޮދެއް އަޅުއްވައިގެން ކައްކަވައިލައްވާށެވެ. .. ފަނި އެތި ތަންކޮޅެއް ބޮޑު ލޯގަޑަކަށް ފުރާނަލައްވާށެވެ. އުދުން މައްޗަށް ލޯގަޑު އުއްދަވައިގެން ކައްކަވާންފައްޓަވާށެވެ. ކެކޭން ފެށީމާ ގޯބިލިކޮޅު އަޅުއްވަވައިލައްވާށެވެ. މަޑު ގިނީގައި، ކިރިޔާ ކެކި ނުކެކި ހުންނަވަރަށް ކައްކަވައި، ފެން ހިދި ހިކޭ ވަރު ވީމާ ބާލުއްވަވާށެވެ. ގޯބިލިތައް ނަންގަވައި ބޮޑުތައްޓެއްގައި އަތުރުއްވަވައިލައްވާށެވެ.