ހަބަރު

ނަވާރަވަނަ މަޖިލީހުގެ މެންބަރުން ހުވާ ކުރައްވައިފި

May 28, 2019
15

ނަވާރަވަނަ ރައްޔިތުން މަޖިލީހަށް އިންތިހާބު ވެވަޑައިގަތް މެންބަރުން މިރޭ ހުވާ ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިރޭ 9:30 ގައި ފެށި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އާ މެންބަރުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

އާ މަޖިލީހަށް 87 މެންބަރުން އިންތިހާބުވެފައިވާ އިރު މިރޭ ހުވާ ކުރެއްވީ 86 މެންބަރުންނެވެ. ފުރަތަމަ ޖަލްސާއަށް ގުރައިދޫ ދާއިރާއަށް އިންތިހާބު ވެވަޑައިގަތް މެންބަރު އިބްރާހިމް ރިޒާ ހާޒިރެއް ނުވެ އެވެ. މަޖިލީހުގެ އަމީންއާމް ވިދާޅުވީ އެ މެންބަރު އުމްރާއަށް ވަޑައިގެންފައިވާތީ، އެނބުރި ވަޑައިގަތުމުން ހުވާ ކުރައްވާނެ ކަމަށެވެ.

މިފަހަރު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީއިން ވަނީ ހޯދައިފަ އެވެ. އެގޮތުން އެ ޕާޓީއިން އެކަނި 64 ގޮނޑި ވަނީ ކާމިޔާބު ކުރައްވައިފަ އެވެ.