ވިޔަފާރި

އުރީދޫ ގްރޫޕުގެ ރޯދަ މަހުގެ ކެމްޕެއިންތައް ނިންމާލައިފި

އުރީދޫ ގްރޫޕުން އެކި ގައުމުތަކުގައި ކުރިއަށް ގެންދިޔަ، ރޯދަ މަހުގެ ކެމްޕެއިންތައް ނިންމާލައިފި އެވެ.

އުރީދޫ އިން ބުނި ގޮތުގައި އެ ކުންފުނިން ދުނިޔޭގެ އެކި ގައުމުތަކުގައި ހިދުމަތްދޭ، ގައުމުތަކުގައި ކުރިއަށް ގެންދިޔަ ރޯދަ ކެމްޕޭން ނިންމާލާފައިވާ ކަމަށެވެ.

މި ކެމްޕޭންތައް ހާއްސަކޮށްފައިވަނީ އިޖުތިމާއީ ގުޅުން ވަރުގަދަ ކުރުމާއި އާއިލީ ގުޅުން ވަރުގަދަ ކުރުމަށެވެ. އެކަމަށްޓަކައި އުރީދޫ އިން ވަނީ ހާއްސަ ވީޑިއޯއެއްވެސް ތައްޔާރު ކޮށްފަ އެވެ.

އުރީދޫގެ ގްރޫޕް ސީއީއޯ ޝެއިޚް ސައުދު ބިން ނަސީރު އަލްސާނީ ވިދާޅުވީ ރޯދަ މަހަކީ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވާ މަހަކަށްވާތީ، ކޮންމެ އަހަރެއްގެ ރޯދަ މަހު ވެސް މިފަދަ މިފަދަ އެހީތެރިކަމުގެ ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށެވެ.

ގަތަރުގެ އުރީދޫ ގްރޫޕުން ހިދުމަތްދޭ ގައުމުތަކުގެ ތެރޭގައި އަލްޖީރިއާ އާއި އިންޑޮނޭޝިއާ އަދި ހަތަރާއި ތޫނިސް އަދި އަބޫދާބީ ހިމެނެ އެވެ.