ހަބަރު

އަވަސް ރޯދަ ސުވާލުގެ ފަހު ނަސީބުވެރިޔާއަށް އިނާމުދީފި

އަގު ބޮޑު އިނާމުތަކެއް ހިމަނައި މުޅި ރޯދަ މަހަށް ބަހާލައިގެން އަވަސް އިން ކުރިޔަށް ގެންދިޔަ "އަވަސް ރޯދަ ސުވާލު" މުބާރާތުގެ ފަހު ދިހައިގެ އިނާމުތައް ލިބޭ ނަސީބު ވެރިޔާ ހޮވައި އިނާމްދީފި އެވެ.

މި އަހަރުގެ ރޯދަ މަހާ ދިމާކޮށް އަވަސް އޮންލައިންގެ ކިއުންތެރިންނަށް ހާއްސަ އިނާމުތަކެއް ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ ސުވާލު މުބާރާތް އޮތީ ރޯދަ މަހުގެ ތިން ދިހައަކަށް ބެހިގެންދާ ގޮތަށް ނޫހުގައި ކޮންމެ ދުވަހަކު ޝާއިއުކުރި އާންމު މައުލޫމާތުގެ ސުވާލުތަކަށް އެސްއެމްއެސް މެދުވެރިކޮށް ޖަވާބުދޭ ގޮތަށެވެ.

މުބާރާތުގެ ސުވާލުތައް ރޯދައިގެ ތިން ދިހައަކަށް ބަހާލާފައިވާއިރު މީގެ ކުރިން ވަނީ ފުރަތަމަ ދިހައަކާއި މެދު ދިހައިގެ ނަސީބުވެރިން ހޮވައި އިނާމް ދީފަ އެވެ.

މިއަދު އަަވަސްގެ އިދާރާގައި ކުރިޔަށް ގެންދިޔަ ފޭސްބުކު ލައިވެއްގައި ވަނީ ފަހު ދިހައިގެ ނަސީބުވެރިޔާ ހޮވައި އެ ނަސީބުވެރިޔާއާ ބައްދަލުކޮށް އިނާމް ވެސް ދީފަ އެވެ.

އެގޮތުން ރަނގަޅު ޖަވާބު ދިމާކުރި ފަރާތްތަކުގެ ތެރެއިން ފަހު ދިހައިގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ "7763422" މި ފޯނު ނަންބަރުގެ ވެރިފަރާތެވެ. އެ ނަމްބަރު ބޭނުން ކުރާ ފަރާތަށް ލިބުނީ އީވޯއިން ދޭ ހެދުން އަލަމާރިއަކާއި "ލޮޓަސް" އިން ދޭ ދެ ބައިސްކަލެކެވެ.

އެ އިނާމް، ނަސީބުވެރިޔާއަށް މިއަދު ހަވާލުކޮށް ދެއްވީ އަވަސްގެ ބިސްނަސް އެޑިޓަރު މުހައްމަދު އަފްރާހެވެ.