ދުނިޔެ

ބެންޓެކޭ ލިވަޕޫލަށް

Jul 20, 2015

އެސްޓަންވިލާއިން ބޭނުންވި އަގަށް ލިވަޕޫލް އެންމެ ފަހުން އެއްބަސްވުމުން ކްރިސްޓިއަން ބެންޓެކޭ އެކުލަބަށް ވިއްކާލައިފި އެވެ.

2011 ވަނަ އަހަރު ހަތް މިލިއަނަށް ގެންކުން އެސްޓަންވިލާއާ ގުޅުނު ފޯވަޑް ވިއްކާލަން އެއްބަސްވީ 32 މިލިއަން ޕައުންޑަށެވެ.

އޭނާގެ މެޑިކަލް ހެދުމަށް ލިވަޕޫލްގެ ޑޮކްޓަރު ވަނީ އޮސްޓްރިޔާ އިން އިނގިރޭސިވިލާތަށް ދަތުރުފަށާފަ އެވެ. ބެލްޖިއަމަށް އުފަން ބެންޓެކޭ ލިވަޕޫލަށް ސޮއިކުރި ނަމަވެސް އެކުލަބު މިހާރު އޭޝިޔާ އަށް ކުރާ ދަތުރުގައި އޭނާ ބައިވެރިނުވާނެ އެވެ.

އޭނާ ވަނީ މިހާތަނަށް ކުޅުނު 101 މެޗުގައި 49 ގޯލު ޖަހާފަ އެވެ. އޭނާގެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮތް ނަމަވެސް ވިލާއިން އޭނާ ދޫކޮށްލަނީ ކުޅުންތެރިޔާ އެގޮތް ބޭނުންވުމުންނެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި 12 މެޗުގައި 12 ގޯލު ޖަހާފަ އެވެ.

ލިވަޕުލުން ވިލާއިން ބޭނުންވި އަގުދޭން ނިންމީ ޒުވަން ފޯވަޑް ރަހީމް ސްޓާލިން 50 މިލިއަނަށް މެންސިޓީ އަށް ވިއްކާލައިގެންނެވެ.