އެޗްޕީއޭ

ޑެންގީ އާއި ޗިކުންގުންޔާ ރިޕޯޓްކުރުން މިއަހަރު ގިނަ

ފްލޫ ކްލިނިކްގައި ބަލި މީހަކަށް ފަރުވާ ދެނީ: މިއަހަރު ޑެންގީ އަދި ޗިކުންގުންޔާގެ ކޭސްތައް ގިނަ -- އަހުމަދު ޝުރާއު | އަވަސް
0%
0%
0%

މި އަހަރުގެ މޭ މަހުގެ ނިޔަލަށް ޑެންގީ ހުމާއި ޗިކުންގުންޏާ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އެހެން އަހަރުތަކާ އަޅާ ބަލާއިރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިހާތަނަށް އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި އަހަރު މިހާތަނަށް ޑެންގީ ހުން ޖެހިގެން ޖުމްލަ 2،474 ކޭސް ރިޕޯޓްކޮށްފައި ވެއެވެ. މިދިއަ އަހަރުގެ މޭ މަހާ ހަމައަށް ޑެންގީ ހުމުގެ ކޭސްތައް ރިޕޯޓް ކުރި އަދަދު މިއަހަރުގެ މޭ މަހުގެ ނިޔަލަށް ބަލާއިރު މަދެވެ.

މި އަހަރު އެޕްރީލް މަހު ޑެންގީ ހުމުގެ 520 ކޭސް ރިޕޯޓް ކުރި އެވެ. މޭ މަހު ރިޕޯޓް ކުރީ ޑެންގީ ހުމުގެ 462 މައްލައެކެވެ.

ޗިކުންގުންޔާގެ ޖެހިގެން މި އަހަރުގެ މިހާތަނަށް ވަނީ 1208 ކޭސް ރިޕޯޓް ކުރި އެވެ. މިއަރުގެ އެޕްރީލް މަހާ އަޅާ ބަލާއިރު މާޗު މަހު ޗިކުންގުންޔާ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ގިނަ އެވެ. އެޕްރީލް މަހު ޗިކުންގުންޔާގެ 311 ކޭސް ރިޕޯޓް ކޮށްފައިވާއިރު މޭ މަހު ވަނީ 328 ކޭސް ރިޕޯޓް ކުރި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910