ހަބަރު

އެސްޓީއޯއިން އަނެއްކާވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

Jun 13, 2019
2

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނިން މިރޭ ވަނީ ޕެޓްރޯލް ލީޓަރެއް 11.13ރ. އަށް އަދި ޑީސަލް ލީޓަރެއް 11.19ރ. އަށް ހެޔޮ ކޮށްފަ އެވެ. މި ބަދަލާއެކު ޕެޓްރޯލް ލިޓަރަކުން 26ލ. އަދި ޑީސަލް ލިޓަރަކުން 78ލ. ހެޔޮވީ އެވެ.

އެސްޓީއޯ އިން ބުނީ މި ފަހަރު ތެލުގެ އަގު ހެޔޮ ކުރަން ނިންމީ، ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގު ހެޔޮވުމުގެ ސަބަބުން ކަމަށެވެ.

އެސްޓީއޯއިން މިއަހަރު ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮކުރި މިއީ ތިން ވަނަ ފަރަރެވެ. މިދިޔަ މަހު ވެސް ވަނީ އެސްޓީއޯއިން ތެލުގެ އަގު ހެޔޮކޮށްފަ އެވެ.