ހަބަރު

ޖަލުގައި ހުރި ގައިދީއަކު މަރުވެއްޖެ

މާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު 11:30 ހާއިރު މަރުވީ، ގދ. ގައްދޫ މަސްކޮތަންގެ، ރެކިފުތާ ކިޔާ ފިރިހެނެކެވެ. މި މީހާ މަރުވީ ހެނދުނު އައިޖީއެމް ހޮސްޕިޓަލުުގައި ފަރުވާދެމުން ދަނިކޮށް ކަމަށްވެސް މައުލޫމާތު ދިނެވެ.

މިއަދު މަރުވި 92 އަހަރުގެ މީހާ އަކީ މާލޭ ޖަލުގައި 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުން ގެންދިޔަ މީހެކެވެ. އެއީ ބަދުއަހުލާގީ މައްސަލައެއްގައި ކަމަށްވެ އެވެ.