މާލޭގެ ގިނަ ސަރަހައްދުތަކަށް އުދަ އަރާ ފެންބޮޑުވެއްޖެއެވެ.
މިއަދު ހެނދުނު ކާނިވަލް ސަރަހައްދާއި ބޮޑުތަކުރުފާނު މަގުގައި އުދަ އެރުމުގެ ސަބަބުން ވަނީ ފެންބޮޑުވެފަ އެވެ. އެގޮތުން ކާނިވާ ސަރަހައްދާއި ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައިވެސް ވަނީ ފެން ހެދިފައެވެ.
މިއަދު މާލޭގެ ގިނަ ސަރަހައްދަކަށް އުދަ އަރާފަވާއިރު އިއްޔެވަނީ މާލޭގެ އިންޑަސްޓްރިއަލް ޒޯނަށް ވެސް އުދަ އަރާ އެ ސަރަހައްދުގައި ފެންބޮޑުވެފައެވެ. މިދިޔަ ބުރާސްފަތި ދުވަހު މެޓް އޮފީހުން ވަނީ އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައެވެ.