ވިޔަފާރި

ފްލައިމީގެ ސީޕްލޭން "ޔެލޯފިން ޓޫނާ" ދައްކާލައިފި

Jun 16, 2019

ވިލާ އެއާގެ ފްލައިމީން ސީޕްލޭންގެ ދަތުރުތައް ފަށަން ސީޕްލޭންގެ ޑިޒައިން ދައްކާލައިފި އެވެ.

ފްލައިމީގެ ފޭސްބުކް ޕޭޖުގައި ވަނީ ފްލައިމީގެ ސީޕްލޭން ޑިޒައިން ދައްކާލާފަ އެވެ. އެ ޑިޒައިންގައި ފެންނަނީ ދެ ކަންޏެއްޔެވެ. އަދި އެން ގަނޑެއް ގޮސް ފްލައިމީގެ "ޔެލޯފިން ޓޫނާ" ގެ ފަރުމާ ފުރިހަމަކޮށްލައިދެ އެވެ.

ފްލައިމީގެ ފޭސްބުކްގައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވައިއޭ) އަށް ސީޕްލޭންގެ ދަތުރުތައް ފަށަން އެ އެއާލައިނުން ދަނީ ތައްޔާރު ވަމުންނެވެ. ނަމަވެސް މީގެ އިތުރު ތަފުސީލެއް ދީފައެއް ނުވެ އެވެ.

ރާއްޖޭގައި މިހާރު ސީޕްލޭންގެ ހިދުމަތް ދެނީ ޓީއެމްއޭ އާއި ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ހިދުމަތް ދެނީ ޓީއެމްއޭ އިން އެވެ.