ހަބަރު

ހަތަރު ގައުމެއްގެ ސަފީރުން ފަތްކޮޅު ރައީސަށް އަރުވައިފި

ހަތަރު ގައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން އެ ބޭފުޅުންގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.

ރައީސަށް ފަތްކޮޅު އަރުވާފައި ވަނީ ނިއުޒިލެންޑާއި އޮސްޓްރޭލިއާ އާއި މޯލްޓާ އާއި ބަހްރެއިނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނެވެ. ރައީސް އޮފީހުގައި މިއަދު އެ ރަސްމިއްޔާތުތައް އޮތީ ވަކިވަކީންނެވެ.

ނިއުޒިލޭންޑުން ރާއްޖެއަށް ކަނޑައެޅުއްވީ މިޒް ޖޮއާން ޓިންޑޯލެވެ. އޮސްޓްރޭލިއާ އިން ރާއްޖެއަށް ކަނޑައެޅުއްވީ ސަފީރު ޑޭވިޑް ޖޮން އެވެ. މޯލްޓާ އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރަކީ ސްޓެފަން ބޯގެވެ. ބަހްރެއިނުން ރާއްޖެއަށް ކަނޑައެޅުއްވީ އަބްދުއްރަހުމާން މުހައްމަދު އަލް ގައުދު އެވެ.

މި ހަތަރު ގައުމުގެ ސަފީރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރައްވާ އެ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ދޭދޭ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވި އެވެ.