ބޮލީވުޑް

އަހަރުތަކަށްފަހު ޒީނަތު އަމަން ފިލްމަކުން

އަޝުތޯޝް ގޮވަރިކާ އުފައްދާ ތާރީހީ ފިލްމު "ޕާނިޕަޓް" ގެ ރޯލަކަށް ބޮލީވުޑްގެ ކުރީގެ ބަތަލާ ޒީނަތު އަމަން ސޮއިކޮށްފި އެވެ.

މި ފިލްމުގެ ނުފޫޒުގަދަ ރޯލެއް ޒީނަތު އަށް ދީފައިވާއިރު މިއީ އޭނާ އަަހަރުތަކަށްފަހު ފިލްމަކުން ފެންނަ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް، ޒީނަތުގެ މާ ގިނަ ސީންތަކެއް ނުފެންނާނެ ކަމަށާއި ދީފަައިވަނީ ސްޕެޝަލް ގެސްޓް އެޕިއަރަންސް އެއް ކަމަށް ހަބަރުތަކުގައި ބުނެ އެވެެ. މި ފިލްމުގައި އޭނާ ފެންނާނީ ސަކީނާ ބޭގަމް ކިޔާ މީހެއްގެ ރޯލުގަ އެވެ.

ފިލްމުގެ ކާސްްްޓާ ޒީނަތު ގުޅުނު ކަަމުގެ ހަބަރު ބޭރުގެ މީޑިއާތަަކަށް ދެމުން ފިލްމު ޕްރޮޑިއުސަރު ބުނެފައިވަނީ، ޒީނަތު އާއެކު މި ފިލްމުގެ މަސައްކަތް ފަަށަން މިހާރު ހުރީ ކެތްމަދު ވެފަައި ކަމަށެވެ. އަދި ޒީނަތު ކުޅެފައިވާ ހުރިހާ ފިލްމެއްހެންްވެސް ކަމުދާ ކަމަށާއި އެގޮތުން، ބޮޑަށް ކަމުދަނީ އެ ފިލްމަކަށް އޭނާ ކޮށްފަައިވާ މަސައްކަތް ކަަމަށެވެ. އަދި ތާރިހީ ހާދިސާ އަކަށް އުފައްދާ މި ފިލްމުގައި ޒީނަތުގެ ލުކް ދައްކާލަން ވަރަށް ބޭނުންވިޔަސް އަދި ނުދެއްކޭނެ ކަމަށް ވެސް އާޝުތޯޝް ބުނެފައި ވެ އެވެ.

ޒީނަތު އާއެކު އާޝުތޯޝް ވަނީ މީގެ އަަހަރުތަކެއް ކުރިން ފިލްމެއްގެ މަސައްކަތް ސްކްރީނުގެ ކުރިމަތީ އެކުގައި ކޮށްފަ އެވެ. އަނަންތު ބަލާނީ 1989ގައި އުފެއްދި މިސްޓްރީ ފިލްމު "ގަވާހީ"ގައި މި ދެ ތަރިން ވަނީ ފެނިފަަ އެވެ. ޒީނަތު ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2014 ގައި ރިލީޒް ކުރި "ސްޓްރިންގްސް އޮފް ޕެޝަން" އިންނެވެ.

އާޝުތޯޝްގެ "ޕާނިޕަޓް" އިން ޒީނަތު އަށް ޖާގަ ދީ އަންނަ ހަފްތާގައި ފިލްމު ޝޫޓިން ފަށަން ނިންމާފަައިވާއިރު، އެ ފިލްމުގެ ލީޑް ތަރިންނަކީ އަރްްޖުންް ކަޕޫރާއި ކްރިތީ ސެނަން އެވެ. އަދި މުހިއްމު ރޯލުތަކުން، ސަންޖޭ ދަތު އަދި ރޭކާ ވެސް ފެންނާނެ އެވެ.

މި އަހަރު ޑިސެމްބަރު 6 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ "ޕާނިޕަޓް" އަށް ކުރީގެ މަޝްހޫރު ބައެއް ތަރިން ގުޅިފައި ވާއިރު މިއީ ޑިސެމްބަރުގައި ނެރޭނެ އެންމެ އުއްމީދު ކުރެވޭ ތާރީހީ ފިލްމުކަމަށް ގިނަ ބަޔަކު ބުނެ އެވެ.