ހޮލީވުޑް

ސައިޒުން ކިތަންމެ ކުޑަޔަސް "އޭންޓް-މޭން" ބޮކްސް އޮފީސް ފަތަހަކޮށްފި

Jul 21, 2015

"އޭންޓް-މޭން" އަކީ ފަހަރެއްގައި މާވެލް ކޮމިކްސްގެ ސުޕަހީރޯތަކުގެ ތެރެއިން އެންމެ ސައިޒުން ކުޑަ ސުޕަހީރޯ އެވެ. ނަމަވެސް މިއީ އެއްގޮތަކަށް ވެސް މާވެލްގެ އެހެން ސުޕަހީރޯތަކަށް ވުރެ ބާރުކުޑަ ސުޕަހީރޯއެއް ނޫނެވެ. 

އެކަން މި ވަނީ ފިލްމުގެ ޕްރިމިއާގައި ވެސް ސާބިތުކޮށްދީފަ އެވެ. ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި 23.4 ނެގި މި ފިލްމުު ވަނީ އިއްޔެގެ ނިޔަލަށް އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި ނެގި ޖުމްލަ 58 މިލިއަން ޑޮލަރަށް އަރުވައިފަ އެވެ.

މި ފިލްމުގެ ބޮކްސް އޮފީސް ޖުމްލަ މިހާރު ވަނީ 113 މިލިއަން ޑޮލަރަށް އަރައިފަ އެވެ. މިއީ 130 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.

ފިލްމުގައި އޭންޓް މޭންގެ ރޯލު ކުޅެފައި ވަނީ ކޮމެޑީ ފިލްމުތަކަށް މަޝްހޫރު ޕޯލް ރުޑް އެވެ. އޭނާގެ އިތުރުން "ލޮސްޓް" ޓީވީ ސިލްސިލާ އިން މަޝްހޫރުކަން ހޯދި ބަތަލާ އިވެންޖެލީން ލިލީ ވެސް ފިލްމުގައި މުހިންމު ރޯލެއް އަދާކުރެ އެވެ.

ފިލްމް ނެރުމުގެ ކުރިން މީހުންގެ މެދުގައި މާ މަޝްހޫރު ކެރެކްޓާ އަކަށް 'އޭންޓް-މޭން' ނުވިނަމަވެސް ބޮޑު ސްކްރީނަށް ނުކުމެ މި ކެރެކްޓާ މި ވަނީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދައިފަ އެވެ.

އުތުރު އެމެރިކާގެ ބޮކްސް އޮފީހުގެ ޗާޓަށް ބަލާއިރު ދެ ވަނާގައި އޮތީ އެނިމޭޓެޑް ފިލްމު "މިނިއަންސް" އެވެ. ތިން ވަނާގައި "ޓްރެއިންރެކް" އޮތްއިރު ހަތަރު ވަނާގައި އޮތީ ޕިކްސާގެ އެނިމޭޓެޑް ފިލްމު "އިންސައިޑް އައުޓް" އެވެ. ފަސް ވަނާގައި އޮތީ "ޖުރެސިކް ޕާކް" އެވެ.