ހަސަން މޭރިން އިންޖިނިއަރިން އިން އައުޓްބޯޑު އިންޖީނުތަކަށް ބޮޑު ޑިސްކައުންޓެއް ދޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ހަސަން މެރީން އިންޖީނިއަރިން އިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ބޮޑެތި ޑިސްކައުންޓުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ޔަމަހާގެ ސްޕާކް ޕްލަގު 90 ރުފިޔާއަށް ލިބޭ އިރު ސުޒުކީ ސްޕާކް ޕްލަގް ވެސް 50 ރުފިޔާއަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ޕްރޮމޯޝަންގެ ތެރެއިން މާކިއުރީ ސީޕްރޯ އިންޖީނުތަކުގެ އަގު ވެސް ވަނީ ހެޔޮކޮށްފަ އެވެ. އެގޮތުން 150 ހޯސް ޕަވަރުގެ މާކިއުރީ އިންޖީންގެ އަގު ވެސް ވަނީ 25،000 ރުފިޔާއަށް ހެޔޮކޮށްފައެވެ.
ޕްރޮމޯޝަން ކުރިއަށް ދަނީ ހަސަން މޭރިންގެ އިކުއިޕްމެންޓް ޝޯރޫމްގައި އަންނަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހާ ހަމައަށެވެ. ހަސަން މެރިންއަކީ އެންޖީކޭ ސްޕާކްސް ޕްލަގާއި މާކިއުރީ އިންޖީނުގެ ރާއްޖޭގެ ޑިސްޓްރިބުއުޓާއެވެ.