ދިވެހި ޕްރެމިއާ ލީގް

އިއްސޭ ޓީސީ މޮޅުކޮށް ދީފި

ޔުނައިޓަޑް ވިކްޓަރީ ކޮޅަށް އިސްމާއީލް އީސަ ވައްދާލި ދެ ލަނޑުން 2-0 ޓީސީ މޮޅު ވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއްނުޖެހި އެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބިގެން ދިޔަ އެވެ. ދެ ވަނަ ހާފުގައި ގިނަ ފުރުސަތުތައް ހޯދީ ޓީސީންނެވެ.

ޔޫވީގެ ޑިފެންސުން ހެދުނު މިސްޓޭކުތަކާއެކު ހުސް ފުރުސަތުތަކެއް ވެސް ޓީސީއަށް ފަހިވެގެން ދިޔަ އެވެ. ހާއްސަކޮށް ޓީސީގެ ނޭޕާލް ފޯވަޑް ބިމާލް މަގަރު އަށް ދެ ފުރުސަތެއް ލިބިގެން ދިޔަ އެވެ.

ޓީސީގެ ފުރަތަމަ ލަނޑު އިއްސެ ކާމިޔާބު ކުރީ، މެޗުގެ 70 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ 90 ވަނަ މިނެޓްގަ އެވެ.