ބަނގުރާ ފުޅި ތަކަކާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ އެ ދެ މީހުން ހައްޔަރު ކުރީ ސައިކަލްގައި ދުއްވާފައި ދިޔައިރު ޝައްކުވެގެން ހުއްޓުވާ ބަލައި ފަސް ކުރުމަށްފަހު ކަމަށާއި ދެ ފުޅި ބަނގުރާ ފެނުނީ ގެންގުޅުނު ދަބަހެއްގެ ތެރެއިން ކަމަށެވެ.
މިދިއަ ތިން ދުވަހުގެ ތެރޭގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ވަނީ ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފަ އެވެ.