ބޮލީވުޑްގެ ގިނަ އަންހެން ތަރިން މަދުން ނަމަވެސް ހޮލީވުޑްގައި ފެންނަން ފަށައިފި އެވެ. އައިޝްވާރިޔާ، ދީޕިކާ އަދި ޕްރިޔަންކާވެސް ހޮލީވުޑް ފިލްމުތައް މިހާރު ކުޅެފި އެވެ. އަދި މި ތަރިންގެ ހޮލީވުޑް ފިލްމުތަކަށްފަހު ފަހު ބަތަލާ ކެޓްރީނާ ކެއިފްވެސް ހޮލީވުޑްގައި މަަސައްކަތް ކުރަން ބޭނުންވާ ކަމަށް އެންމެ ފަހުުގެ ބޮލީވުޑް ހަބަރުތަކުގައި ވެ އެވެ.
ކެޓްރީނާ އެންމެ ފަހުން ފެނުނު ފިލްމު "ބާރަތު"ގެ ކާމިޔާބީ އަށްފަހު އިނގިރޭސި ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނި ކަމަށް އިންޑިއާގެ ހަބަރުތަކުން ބުނެ އެވެ.
"ސްކްރިޕްޓެއް ލިޔެފައި ފޮނުވައިގެން އެ ސްކްރިޕްޓު ކަމުދާ ކަމުގައި ވާނަމަ، މަސައްކަތްް ކުރާނަން. އިނގިރޭސި ސްކްރިޕްޓަކަށް އެކްޓު ކޮށްލަން ބޭނުންވޭ" ސައުތު ފިލްމުތަކުންވެސް ފެނިފައިވާ ބަތަލާ ބުނި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
ކެޓްރީނާ މިހެން ބުނެފައިވާއިރު ދާދި ފަހުން އާލިއާ ބަޓްވެސް ވަނީ ހޮލީވުޑްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި ހޮލީވުޑަށް ދެވުމަކީ މުޅިން އެހެން އިންޑަސްޓްރީ އަކަށް ދެވުން ކަމަށާއި އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އާލިއާ ބުނެފަައި ވެ އެެވެ.
ކެޓްރީނާ އިނގިރޭސި ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނުމުން ގިނަ ބަޔެއްގެ ފާޑު ކިޔުން މިކަމަށް އަ އެވެ. މި ހަބަރާއެކު ސޯޝަލް މީޑިއާގައި އާއްމުން ޝުއޫރު ފާޅު ކުރަމުން ބުނަނީ، ޕްރިޔަންކާ އަދި ދީޕިކާ އަށް އެހާ ފަސޭހައިން ހޮލީވުޑުން ޖާގަ ލިބުނީ އެމީހުންގެ "އިންޑިއަން ސްކިން" ހުންނާތީ ހަގީގީ އިންޑިއާ މީހުންް ދެއްކޭނެތީވެ ކަމަށެވެ. އަދި ކެޓްރީނާ އަކީ ހާފް ބްރިޓިޝް މީހަކަށް ވުމުން އެ ފުރުސަތު ފަސޭހަ ނުވާނެ ކަމަށްވެސް ބުނެ މިކަން ވަނީ ބޮޑު ބަހުސަކަށް ގޮސްފަަ އެވެ.
ދެހާހުގެ އަހަރުތަކުގައި ބޮލީވުޑަށް ނިކުތް ބަތަލާ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް ބްލޮކްބަސްޓާ ފިލްމުތަކުން ކާމިޔާބުވެސް ހޯދާފަ އެވެ. ކުޑަދުވަސްކޮޅެއް ތެރޭ އާއްމުންގެ މަގުބޫލުކަން ހޯދި ކެޓްރީނާ ދެން އެންމެ އަވަހަށް ފެންނާނީ އަކްޝޭ ކުމާރު އާއެކު، "ސޫރްޔަވަންޝީ" އިން އަންނަ އަހަރު މާޗު މަހު އެވެ.