ފިނިޕޭޖް

ކެޓްރީނާ އާއި ވިކީގެ ފޮޓޯތައް އެންމެންނަށް ކަމުގޮސްފި

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް އޭނާގެ ފިރިމީހާ ވިކީ ކައުޝަލް އާއި އެކު ހޭދަކުރި ލޯބި ވަގުތުތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމާ އެކު އެންމެންނަށް ވެސް ނިކަން ކަމުގޮސްފި އެވެ.

ކެޓްރީނާ ވަނީ އާދިއްތަ ދުވަހު އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ދެމަފިރިން މުމްބާއީގައި ދިރިއުޅޭ ގޭގެ ބެލްކަނީގައި ވަގުތު ހޭދަ ކުރި ބައެއް ފޮޓޯ ފޭނުންނާ ހިއްސާކޮށްފަ އެވެ. އެގޮތުން ދެ ފޮޓޯއެއް ހިއްސާކުރި އެވެ.

ކެޓްރީނާ އަކީ އާންމު ގޮތެއްގައި އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން އެހާ ބޮޑަށް ސޯޝަލްމީޑިއާގައި ހިއްސާކުރާ މީހެއް ނޫނެވެ.

ކެޓްރީނާ އާއި ވިކީ ކައިވެނި ކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާޖަސްތާނުގެ ސަވާއީ މަދޫޕޫރުގެ ސިކްސް ސެންސަސް ފޯޓް ބާވާރާ ގައެވެ.

ބަތަލާ ދެން ފެނިގެންދާނީ ސަލްމާން ހާންއާ އެކު "ޓައިގާ" ފްރެންޗައިޒްގެ ތިންވަނަ ބައިންނެވެ.

ވިކީ ދެން ފެނިގެންދާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ސޭމް ބަހާދުރު" އިންނެވެ.