ފިނިޕޭޖް

ޓައިގާ 3ގެ ފުރަތަމަ ލަވަ ނެރެފި

ޓައިގާ 3ގެ ފުރަތަމަ ލަވަ -- 'ލެކޭ ޕްރަބޫ ކާ ނާމް' ރިލީޒް ކޮށްފި އެވެ.

ސަލްމާން ހާން އަދި ކެޓްރީނާ ކައިފް މި ލަވައިގައިވެސް ފެނިގެން ދިޔައީ ތަފާތު ގޮތަކަށެވެ.

ލަވައިގައި ދައްކުވައިދޭ ފަރި ހަރަކާތްތަކުން ގިނަ ބެލުންތެރިންވެސް ތިބީ އާޝޯހު ވެފަ އެވެ. ފިލްމު ބަލަން މިހާރު ކެތްމަދުވެފައިވާ ކަމަށްވެސް ބައެއް މީހުން ބުންޏެވެ.

ޓައިގާ 3 އަކީ މަނީޝް ޝަރްމާ ޑައިރެކްޓް ކުރާ ތްރިލާ ފިލްމެކެވެ.

ޔަޝް ރާޖް ފިލްމްސްގެ ދަށުން އަދީތްޔާ ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި ސަލްމާން ޚާން، ކެޓްރީނާ ކައިފް އަދި އެމްރާން ހާޝްމީ ފެނިގެންދާނެ އެވެ.

މި ފިލްމު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 12 ގައެވެ.