ބޮލީވުޑް

ސަލްމާނަށް ކެޓުރީނާގެ ކޮއްކޮ އިސަބެލް ވަރެއް ނެތް

ކެޓުރީނާ ކައިފްގެ އަންހެން ކޮއްކޮ އިސަބެލް ކައިފްގެ ފުރަތަމަ ފިލްމު "ސުސްވާގަތަމް ޚުޝާމަދީދް" ގެ ފުރަތަމަ އިޝްތިހާރާއެކު ސަލްމާން ހާންގެ ތައުރީފު އިސަބެލް އަށް އޮއްސާލައިފި އެވެ. ޕުލްކިތު ސަމްރާޓާއެކު އިސަބެލް ކުޅޭ މި ފިލްމުގެ ފުރަތަމަ އިޝްތިހާރު ރިލީޒް ކުރުމާ ދިމާކޮށް އިސަބެލްއަށް ހާއްސަކޮށް ސަލްމާން ވަނީ ސޯޝަލް މީޑިއާގައި މެސެޖެއް ޝެއާ ކޮށްފަ އެވެ

"އައްދޭ. ވާވާ. ޕުލްކޫ އާއި އިސާ. ތި ދެ މީހުން އަޖައިބެއްހާ މޮޅު. މަރުހަބާ އާއި ހެޔޮ އެދުންތައް،" ސަލްމާންގެ މެސެޖުގައި ބުނެފައި ވެއެވެ.

"ސުސްވާގަތަމް ހުޝާމަދީދް" އަކީ މުޖުތަމައުގެ އަމާންކަމަށް ވަރަށް ފުރިހަމަ މެސެޖެއް ދޭ ފިލްމެއް ކަމަށް ފިލްމު އުފައްދާ ފަރާތުން ވަނީ ބުނެފަ އެވެ. ފިލްމުގައި ޕުލްކީތު ކުޅެނީ ދިއްލީގައި ދިރިއުޅޭ އަމަން ނަމަކަށް ކިޔާ ޒުވާނެއްގެ ބައެވެ. އިސަބެލް ކުޅެނީ އާގްރާގައި ދިރިއުޅޭ ނޫރް ނަމަކަށް ކިޔާ އަންހެން ކުއްޖެއްގެ ރޯލެވެ.

މި ފިލްމުގެ ފުރަތަމަ ދައްކާލުމުގައި އިސަބެލް ހުންނަނީ ކަޅުކުލައިގެ ސަގާފީ ހެދުމެއްގަ އެވެ.

ޕުލްކިތު ބުނި ގޮތުގައި އީސަބެލް ވަނީ މި ފިލްމަށް ވަރަށް ބޮޑު ތާޒާކަމަކާއި އެނާޖީއެއް ގެނެސްދީފަ އެވެ. އަދި އީސަބެލްގެ ބުރަ މަސައްކަތުން ސެޓުގައި މަސައްކަތްކުރާ އެންމެން ހައިރާން ކޮށްލި ކަމަށެވެ.

"އޭނާއަކީ ވަރަށް ރީތި ކުއްޖެއް. އަދި އެހާމެ މައުސޫމްގޮތެއް އޭނާގެ ކެރެކްޓާއަށް ގެނެސްދީފައިވޭ،" ޕުލްކިތު ބުންޏެވެ.

ދާދިފަހުން ޕުލްކިތު ވަނީ އިސަބެލް އާއެކު ދަނޑިޖަހާ ނެށުމެއްގެ މަންޒަރުތަކެއް ޝޫޓްކޮށްފަ އެވެ. ގަނޭޝް އަޗާރިޔާ ކޯރިއޮގްރާފް ކޮށްދިން "ޕަން ޕިޔާ" ނަމަކަށް ކިޔާ މި ލައިގައިގައި 400 ބެކްގްރައުންޑް ޑާންސަރުން ބައިވެރިވެފައި ވެއެވެ.