ހޮލީވުޑް

"މިޑްވޭ" ގެ ޓްރެއިލާއިން ނިކް ޖޯނަސް ދައްކާލައިފި

ހަނގުރާމައިގެ ހާދިސާތަކެއްގެ މައްޗަށް ތައްޔާރު ކުރާ ފިލްމު "މިޑްވޭ" ގެ ޓްރެއިލާ ރިލީޒް ކޮށްފި އެވެ. މި ޓްރެއިލާގައި އެންމެ ފާހަގަކޮށްލެވޭ މީހެއްގެ ގޮތުގައި ހޮލީވުޑްތަރި އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ހާއްސަ ފެނިލުން ހިމެނެ އެވެ.

ހަގީގީ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމަކީ، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިމްޕީރިއަލް ޖަޕަނީސް ނޭވީ އާއި އެމެރިކާގެ ބޯޓުތަކެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއް ދައްކުވައިދޭ ފިލްމެކެވެ.

ޓްރެއިލާ ފަށަނީ ކުޑަ އަންހެން ކުއްޖަކަށް ބިންހެލުމެއް ފެންނަ މަންޒަރަކުންނެވެ. އެއާއެކު، ހަނގުރާމައިގެ ވަރުގަދަ މަންޒަރުތަކަށް ދެ އެވެ. ހަނގުރާމަމަތީ ބޭނުންކުރާ މަތިންދާބޯޓާއި ކަނޑުބޯޓުތަކުގެ ހަމަލާތައް ފެނެ އެވެ. އަދި، މި ހަމަލާއަކީ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޕާލް ހާބަރ އަށް ދިން ހަމަލާއެއްގެ ގޮތުގައި ޓްރެއިލާގެ އިތުރު މަންޒަރުތަކުން ފެނެ އެވެ.

މިޑްވޭގެ ޓްރެއިލާ--

ބޮޑު ހަނގުރާމައެއްގެ ފެށުމުން ފެއްޓި މި ޓްރެއިލާގައި އަސްލު މަންޒަރުތައްވެސް ފެންނަ ކަމަށް ހޮލީވުޑް ބައެއް ހަބަރުތަކުގައި ބުނެފައި ވެ އެވެ. ޓްރެއިލާގެ މެދެއްހާ ހިސާބުގައި ޕައިލެޓެއްގެ ގޮތުގައި ނިކް ފެނެ އެވެ.

މި އަހަރުގެ ނޮވެމްބަރު އަށެއްގައި ރިލީޒް ކުރާ މި ފިލްމުގައި މުހިއްމު ރޯލަކުން، މެންޑީ މޫ ފެންނާނެ އެވެ. އަދި، އެޑް ސްކްރެއިން، ލޫކް އެވަންސް، ޕެޓްރިކް ވިލްސަން އަދި އެރޮން ވެސް ފެންނާނެ އެވެ.

ވެސް ޓޫކް ލިޔެފައިވާ މި ފިލްމު ޕްރޮޑިއުސް ކޮށް ޑައިރެކްޓުކުރީ މަޝްހޫރު "ގޮޑްޒިއްލާ" ފިލްމުވެސް ޑައިރެކްޓުކުރި ރޮލަންޑް އެމެރިޗް އެވެ.