ހަބަރު

ބްރޯޑްކޮމްގެ މެންބަރުކަމުން ނަބާހު އިސްތިއުފާ ދެއްވައިފި

Jun 30, 2019
1

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމުން ހަސަން ނަބާހު އިސްތިއުފާ ދެއްވައިފި އެވެ.

ނަބާހް އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ހުށަހަޅާފައިވަނީ ރައީސް އޮފީހަށެވެ. ނަމަވެސް އޭނާ އިސްތިއުފާދިން ސަބަބެއް ނޭންގެ އެވެ.

ބްރޯޑްކޮމް މެންބަރު ކަމަށް ނަބާހު އައްޔަން ކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހު އެވެ.

މިދިޔަ މަހު ބްރޯޑްކޮމްގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރު ކުކޮށް އެ ކޮމިޝަންގެ މެންބަރުންނަށް ކުރީގެ ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވިތޯ ސުވާލު ކޮށްފައިވެ އެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަބާހު ވަނީ 18 ވަނަ މަޖިލީހުގެ ބައެއް މެންބަރުން ގުޅުއްވައި ބައެއް ކަންކަން ނުކުރައް ވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައިވާ ކަމަށެވެ.

ބްރޯޑްކޮމް އިން ނަބާހު އިސްތިއުފާދީފައިވާއިރު، އެ ކޮމިޝަންގެ މެންބަރު ކަމުން އިސްމާއިލް ސޮފްވާން ވެސް ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާދެއްވާފައި ވަނީ މަގާމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.