ހަބަރު

އިމާރާތް ކުރަން ދޫކުރާ ލޯނުގެ އިންޓަރެސްޓް ކުޑަކުރަނީ

Jul 2, 2019
7

ގެދޮރު އިމާރާތް ކުރަން ނަގާ ލޯންގެ އިންޓަރެސްޓް ކުޑަ ކުރަން ހައުސިން މިނިސްޓަރު އާތިފާ ޝަކޫރާއި މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރާއި ދެ ބޭފުޅުން މަޝްވަރާ ކުރައްވައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ މީހުންގެ ދިރިއުޅޭ ރަށްރަށުގައި ގެދޮރު އިމާރާތް ކުރަން ފަސް ޕަސެންޓާއި ހަ ޕަސެންޓާ ދެމެދު އިންޓަރެސްޓްގައި ލޯން ދޫކުރުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު އާތިފާ އާއި ގަވަރުނަރު އަހުމަދު ނަސީރާއާ އިއްޔެ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް މިނިސްޓްރީން ހިއްސާކޮށްފައެއް ނުވެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ގެދޮރު އިމާރާތްކުރަން ދޫކުރާ ލޯން މިހާރު ލިބެނީ 11.5 ޕަސެންޓްގެ އިންޓަރެސްޓަކާއިއެކު އެވެ.

ގެދޮރު އިމާރާތްކުރަން ނަގާ ލޯންގެ އިންޓަރެސްޓް ބޮޑުވުމަކީ ރައްޔިތުން އަބަދުވެސްކުރާ ޝަކުވާ އެކެވެ. ގެދޮރު އިމާރާތްކުރަން ދޫކުރާ ލޯންގެ އިންޓަރެސްޓް ހަ ޕަސެންޓަށް ކުޑަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.