ހަބަރު

ވޯލްޑް ބޭންކުން ރާއްޖެއަށް 30 މިލިއަން ޑޮލަރު

ރާއްޖޭގެ އަށް އެހީތެރިކަން ބޭނުންވާ ދެ ދާއިރާ އަކަށް ވޯލްޑް ބޭންކުން 30 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 456 މިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ.

ވޯލްޑް ބޭންކުން ދޭ މި ފައިސާގެ ތެރޭގައި ލޯނާއި ހިލޭ ހިމެނެ އެވެ.

ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި އެ ޖަމިއްޔާ އިން ރާއްޖެ އަށް އެހީތެރިކަން ދެނީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމާއި ބަޖެޓުގެ ހަރަދުތައް ދެމެހެއްޓުމުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމަށެވެ. މިގޮތުން ބަޖެޓުގެ ހަރަދުތައް ބަލަހައްޓަން އެހީތެރިކަމުގެ ގޮތުގައި 20 މިލިއަން ޑޮލަރު ދީފައިވެ އެވެ. އަދި ގުދުރަތީ ކާރިސާ ތަކުން އަރައިގަތުމަށް އެހީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ދޭން ނިންމައިފަވެ އެވެ.

ވޯލްޑް ބޭންކްއަކީ ރާއްޖެ އަށް އެކި ގޮތްގޮތުން އެހީތެރިކަން ދޭ ޖަމިއްޔާ އެވެ.