ހަބަރު

އެއް ދުވަހެއްގެ މަތިން ފުރައްސާރަ ކުރިމަތިވި މީހުން ހޯދަނީ

މިދިއަ މަހު މާލޭގައި އަންހެނުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަތަކެއްގައި ތުހުމަތުކުރެވޭ މީހުންގެ ޝިކާރައަކަށް އިތުރު ބަޔަކު ވެފައިވޭތޯ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ، މިދިއަ މަހުގެ 25 ވަނަ ދުވަހު ހެނދުނު މާލޭ މަގުމަތިން ހިނގާފަ ދިޔަ އަންހެނެއްގެ ގައިގައި ސައިކަލެއްގައި އައި ބަޔަކު އަތްލައި ޖިންސީ ފުރުއްސާރަ ކުރި ކަމަށާއި ހަމަ އެ ދުވަހު މާލޭގެ އިތުރު ސަރަހައްދަކުން ހިނގާފައި ދިޔަ ދެ އަންހެނަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން، އެ އަމަލުތަކުގެ ފަހަތުގައި ތިބީ އެއްބައެއްކަމަށް ޝައްކުކުރެވޭތީ، މިދިއަ މަހު 25 ވަނަ ދުވަހު މާލޭގެ މަގުމަތިން އެއްވެސް ބާވަތެއްގެ ޖިންސީ ފުރައްސާރައެއް ކުރިމަތިވެފައިވާ ފަރާތެއްވާނަމަ އެކަން ފުލުހުންގެ ޖެނެރަލް އިނެވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.