ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ލިފްޓްގެ ކޭބަލް ކަނޑާއިގެން ގޮސް މީހަކު ވެއްޓި އޭނާއަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ ހާދިސާ ހިނގީ މިއަދު ހެނދުނު ހުޅުމާލެ ސެންޓްރަލް ޕާކް ދެކުނު ފަރާތުގައި ޖާހް އިންވެސްޓްމަންޓް އިން ހަދަމުންދާ އިމާރާތެއްގެ ހަތްވަނަ ފަންގިފިލާއިން ލިފްޓް ބޭނުންކޮށްގެން އެއްޗެހިތަކެއް ބާލަން އުޅުމުގެ ތެރޭގައި ލިފްޓް ކަނޑައިގެން ގޮހެވެ.
މި ހާދިސާގައި އަނިޔާވީ ބިދޭސީ ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ފަރުވާ ދިނުމަށްޓަކައި ހެނދުނު ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.
މި މައްސަލަ ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.