މިދިޔަ މަހު ރިލީޒް ކުރި ޝާހިދުގެ ކަޕޫރްގެ އެންމެ ފަހުގެ ފިލްމު "ކަބީރުު ސިންގް" އަކީ ތެލުގޫ ފިލްމު "އަރްޖުން ރެޑީ" ގެ ރީމޭކް އެކެވެ. މި ފިލްމު ސިނަމާތަކަށް ގެނައިތާ ފުރަތަމަ ފަސް ދުވަހުވެސް ދިިޔައީ ބޮކްސް އޮފީހުގައި ވަރުގަދަ ކުރަަމުންނެވެ.
ހާއްސަކޮށް ޝާހިދް ކަޕޫރުގެ ކެރިއަރުގައި ކުޅުނު ސޯލޯ ހީރޯ ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށް ވަނީ ވެފަ އެވެ. އަދި "ކަބީރު ސިންގް" ހޯދަމުން އަންނަ ބޮޑު ކާމިޔާބީއާ އެކު، އެންމެ ފަހުން ފެންމަތިިވީ މި ފިލްމުގެ ޓީމުން އުއްމީދުކޮށްގެން ތިބި ކަމެއް ނޫނެވެ.
ބޮލީވުޑްގެ އެންމެ ފަހުގެ ހަަބަރުތައް ގެނެސްދޭ ގިނަަ ނޫސްތަަކުގައި ބުނާގޮތުން ނަމަ އާންމުން ވަނީ މި ފިލްމަށް ވަރަށް ފާޑުކިޔާފަ އެވެ. އެއް ބަޔަކަށް ފިލްމު ކަމުދިޔަ އިރުު އަނެއް ބައި މީހުން މި ފިލްމާ ދޭތެރޭ ދެކޭގޮތް ތަފާތެވެ. ސަބަބަކަށް ބުނަނީ، މި ފިލްމުގައި އަންހެނުންނާ މެދު ކަންތަައް ކުރާ ގޮތް، ނުވަތަ ފިލްމުގައި އަންހެނުން ދައްކުވައިިދޭ ގޮތް ގޯސް ކަމަށެވެ.
މި ފިލްމަކީ ލޯބީގެ މައްސަލަގަނޑެއްގައި ރަލާއި ދުންފަތުން ދިރިއުޅުން ހަލާކު ކުރާ މެޑިކަލް ސްޓޫޑަންޓެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ މަންޒަރެއްގައި ފިލްމުގެ ބަތަލާ (ކިއާރާ އަދްވާނީ)ގެ މޫނުގައި ޝާހިދު ޖަހަނީ އެދެމީހުންގެ ކައިވެންޏަށް ކިއާރާގެ ބައްޕަ ހުރަސް އެޅުމުންނެވެ. އެ މަންޒަރުގައި ޖަހަން ނުޖެހޭކަން ފާހަގަކޮށް އަންހެނުންނާމެދު ދެކޭ ގޮތް ބަދަލުކުރަންޖެހޭ ކަމަށް ފާޑުކިޔުންތެރިން ބުނެ އެވެ.
މި މައްސަލަ ހޫނުވެ، ފިލްމުގެ ޑިރެކްޓަރު ސަންދީޕް ވަންގާ އަށް ވަނީ ސުވާލުތައް އަމާޒުކޮށްފަ އެވެ. އަަދި، ޑިރެކްޓަރު ބުނީ ތެލުގޫ ފިލްމުގައިވެސް ކްރިޓިކުން މައްސަލަތަކެއް ދެއްކި ކަމަށެވެ. އެހެންނަމަވެސް، ބޮލީވުޑްގައި މައްސަލައަކަށް ދައްކަނީ ހަމައެކަނި "ފެމިނިސްޓު" ސައިޑް ކަމަށެވެ. އަދި ބުނެފައިވަނީ ފިލްމެއްގައި އަތް ނުލެވޭ އަދި ނުޖެހޭ ކަމުގައި ވާނަމަ އެ ފިލްމެއްގެ އިމޯޝަންސް ރަނގަޅަށް ނުފެންނާނެ ކަމަށެވެ. އަަދި، ކްރިޓިކުންގެ މި ފާޑުކިޔުމަށް ޑިރެކްޓަރު ބުނީ މިއީ އާންމުކޮށް ނުވާކަމެއް ކަމަށެވެ.
ފިލްމާމެދު އޮތް ހިޔާލުތަފާތުވުން ތަކާއެކުވެސް މި ފިލްމުބަލަން ސިނަމާއަށްދާ މީހުން މަދެއް ނޫނެވެ. ފިލްމު ރިލީޒް ކުރިތާ ފަސް ދުވަހުގެ ތެރޭގައި 100 ކްރޯޑް ރުޕީސް ހަމަކުރުމަށް ފަހު، 13 ދުވަހުގެ ތެރޭގައި 200 ކްރޯޑް (28 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ވެސް ފިލްމުން ހޯދި އެވެ.