ހޮލީވުޑް

ޑިޒްނީގެ ފިލްމަށް "ލިޓްލް މާމެއިޑް" އެއް ހޯދައިފި

ޑިޒްނީގެ ލައިވް އެކްޝަން "ދަ ލިޓްލް މާމެއިޑް" އަށް ކާސްޓަކު ފައިނަލް ކޮށްފި އެވެ.

"ކްލޮއީ އެކްސް ހެލީ" ގްރޫޕްގެ އެއް ލަވަކިިޔުންތެރިޔާ ކަމަށްވާ ހެލީ ބެއިލީ ޑިޒްނީ އިން އުފައްދަން ތައްޔާރުވަމުން އަންނަ ލައިވް އެކްޝަން ފިިލްމު ލިޓްލް މާމެއިޑްގެ އޭރިއަލްގެ ރޯލަށް އަށް ހޮވައިފި އެވެ. މިކަން ޔަަގީންކޮށްދެމުން ހެލީ ވަނީ ޓްވިޓާގައި "ހުވަފެން ހަގީގަތަކަށް" ޖެހުމަށްފަހު ފޮޓޯ އެއް ހިއްސާކޮށްފަ އެވެ.

1989 ވަނަ އަހަރު އުފެއްދި "ދަ ލިޓްލް މާމެއިޑް"ގެ ލައިވް އެކްޝަން ފިލްމެއް އުފައްދާނެ ކަމަށް ބުނި ދުވަހުން ފަށައިގެންވެސް މި ފިލްމުގެ އޭރިއަލްގެ ރޯލަށް ނަގާނެ މީހަކާމެދު ވަނީ ބަހުސްތަކެއް ކުރެވިފަ އެވެ. ފިލްމުގެ ޑިރެކްޓަަރު ރޮބް މާޝެލް ބުނި ގޮތުގައި ވަރަށް ގިނަ ދުވަހުގެ ހޯދުންތަކަށްފަހު ހެލީ ނަގާފައިވަނީ އޭރިއަލްގެ ކެރެކްޓާ އޭނާގެ ގައިން ފެންނާތީ ކަމަށެވެ. ޒުވާންކަމާއި މައުސޫމްކަން އަދި ހިތްހެޔޮކަންވެސް ސިފަވާ ކަމަށެވެ. މި ހުރިހާ ކަމަކާއެކު ހެލީގެ ރީތި އަަޑުން ފުރިހަމަވާ ކަމަށެވެ. އަަދި، މި އައިކޯނިކް ރޯލަށް ބޭނުންވާ އެންމެ މުހިންމު ކަންކަން ފެންނަ ކަމަށެވެ.

ޖޮން ޑެލޫކާ، މާކް ޕްލެޓް އަދި ލިން މެނުއެލް މިރެންޑާ އުފަައްދާ މި ފިލްމުގައި ކުރީގެ ކާޓޫނުގައި ހުރި ލަވަތައްވެސް އަލުން އުފައްދާނެ ކަމަށް ބުންޏެވެ. އަދި އާ ލަވަތައްވެސް ހިމަނާނެކަމަށް ބުނެފައިވެ އެވެ.

އަންނަ އަހަރު ޝޫޓިން ފަށާ މި ފިލްމުގެ ވިލަންގެ ރޯލު ދީފައިވަނީ މެލިސާ މެކާތީ އަށެވެ.