ހަބަރު

2019 ގެ އެންމެ ވަރުގަދަ ޕާސްޕޯޓްތައް

Jul 7, 2019
6

ދުނިޔޭގެ ޕާސްޕޯޓުތައް ގިންތިކުރާ ހެންލޭ ޕާސްޕޯޓް އިންޑެކްސް އިން ބުނާގޮތުން 2019 ވަނަ އަހަރުގެ އެންމެ ވަރުގަދަ ފާސްޕޯޓަކީ ސިންގަޕޫރާއި ޖަޕާންގެ ޕާސްޕޯޓެވެ. މި ދެ ގައުމުގެ ޕާސްޕޯޓުވަނީ ހެންލޭ ޕާސްޕޯޓް އިންޑެކްސް އިން އާންމުކުރި ލިސްޓުގެ އެއްވަނައިގައި އެވެ. ހެންލޭ ޕާސްޕޯޓް އިންޑެކްސްއިން ޕާސްޕޯޓް ގިންތިކުރުމުގައި ގެންގުޅޭ މައިގަނޑު އެއް އުސޫލަކީ އެ ޕާސްޕޯޓެއް ބޭނުން ކޮށްގެން ފަސޭހައިން އެތެރެވެވޭ ގައުމުތަކުގެ ނިސްބަތެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ޕާސްޕޯޓުގެ ގޮތުގައި ލިސްޓުގެ އެންމެ ކުރީގައި އޮތް ސިންގަޕޫރާއި ޖަޕާންގެ ޕާސްޕޯޓަށް ވިސާއާ ނުލައި ދުނިޔޭގެ 189 ގައުމަކަށް ފަސޭހަކާމާއި އެކު ދަތުރުކުރެވެ އެވެ.

ދެކުނު ކޮރެއާއި ފިންލޭންޑް އަދި ޖަރުމަނުވިލާތުގެ ޕާސްޕޯޓް ވަނީ މި ލިސްޓުގެ ދެވަނައި ގައި ހިމެނިފަ އެވެ. މިގޮތުން މިއިން ގައުމެއްގެ ޕާސްޕޯޓުގައި ދުރާލާ ވިސާއަކާ ނުލައި 187 ގައުމަކަށް ދަތުރުކުރެވެ އެވެ. ޕާކިސްތާނުން އެހެން ގައުމުތަކަށް ވިސާ ދޫކުރުމުގެ ސިޔާސަތައް ގެނެވުނު ބަދަލު ވެގެން ދިޔައީ ކުރިން ތިން ވަނައިގައި އޮތް ފިންލެންޑަށް މި ލިސްޓުގެ ދެވަނައަށް އަންނަން ހުޅުވުނު ދޮރަކަށެވެ. އެއީ ޕާކިސްތާނުގެ ވިސާގެ ސިޔާސަތައް ގެނެވުނު ބަދަލުތަކެއްގެ ސަބަބުން ޔޫރަޕުގެ ބައެއް ގައުމުތަކަށް ދުރާލާ ވިސާ ނުނަގައި ޕާކިސްތާނަށް އެތެރެވެވޭ އެތެރެވުން ހުއްޓުވާ އިލެކްޓްރޯނިކް ޓްރެވެލް އޮތޯރިޓީއެއްގެ ދަށުން 50 ގައުމެއްގެ ރައްޔިތުންނަށް އެގައުމައް ވަދެވޭ އުސޫލެއް ގާއިމުކުރުމުންނެވެ. މި ގައުމުތަކު ތެރޭ ފިންލޭންޑް، ޖަޕާން، ޔުނައިޓެޑް އެރަބި އެމިރޭޓްސް، ސްޕެއިން، ސުވިޒްލެންޑް އަދި މޯލްޓާ ހިމެނެ އެވެ. މި ހުއްދައިގައި އެމެރިކާ އަދި އިނގިރޭސިވިލާތެއް ނުހިމެނެ އެވެ. މީގެ ފަސް އަހަރު ކުރިން އެމެރިކާ އަދި އިނގިރޭސިވިލާތްވަނީ މި ލިސްޓުގެ އެއް ވަނައިގަ އެވެ. ނަމަވެސް މިހާރު މި ދެ ގައުމު ވަނީ މިލިސްޓުގެ ހަވަނައަށް ސޮއްސާލާފަ އެވެ.

މި ލިސްޓުގެ ތިން ވަނައި ގައިވަނީ ލަގްޒަންބާގް، އިޓަލީ އަދި ޑެންމާކެވެ. ޔޫރަޕުގެ ގައުމުތަކު ތެރޭ ހިމެނޭ މި ތިން ގައުމުގެ ޕާސްޕޯޓުގައި އޮން އެރައިވަލް އަދި ވިސާ ފްރީކޮށް 186 ގައުމަކަށް ދަތުރު ކުރެވެ އެވެ. ފްރާންސް، ސްޕެއިން އަދި ސްވީޑަން ހިމެނެނީ މިލިސްޓުގެ ހަތަރު ވަނައި ގައެވެ. މިއިން ކޮންމެ ގައުމެއްގެ ޕާސްޕޯޓުގައި 185 ގައުމަށް ދަތުރު ކުރެވެ އެވެ.

ހެންލޭ ޕާސްޕޯޓް އިންޑެކްސްއިން ބުނާ ގޮތުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުންދަނީ ޔުނައިޓެޑް އެރަބި އެމިރެޓްސް އިންނެވެ. ޔޫއޭއީން ވަނީ މިހާރު 20 ވަނައަށް އެންމެ ބާރުގަދަ ޕާސްޕޯޓުގެ ދަރަޖަ ހޯދާފަ އެވެ. ހެންލޭ ޕާސްޕޯޓް އިންޑެކްސްގެ 14 އަހަރުގެ ތާރިހުގައި ޔޫއޭއީ މިހިސާބަށް އައި މިއީ ފުރަތަމަ ފަހަރެވެ.

ހެންލޭ ޕާސްޕޯޓް އިންޑެކްސްގެ 62 ވަނައި ގައިވަނީ ރާއްޖެ އެވެ. ރާއްޖޭގެ ޕާސްޕޯޓުގައި ދިވެހިންނަށް ފަސޭހަކަމާއި އެކު ފްރީ ވިސާގައި 84 ގައުމަކަށް ދަތުރު ކުރެވެ އެވެ.

އެންމެ ބާރުދަށް، އުނދަގޫ ފާސްޕޯޓަކީ އަފްގާނިސްތާނުގެ ޕާސްޕޯޓު ކަމުގައި ހެންލޭ ޕާސްޕޯޓް އިންޑެކްސް އިންދައްކަ އެވެ. އަފްގާނިސްތާނު ޕާސްޕޯޓުގައި ދަތުރުކުރެވޭނީ އެންމެ 25 ގައުމަށެވެ. އެ 25 ގައުމުގެ އިތުރުން އެހެން ގައުމަކަށް ދަތުރު ކުރާނަމަ ކުރިޔާލާ ހުއްދަ ހޯދަންޖެހެ އެވެ. ހެންލޭ ޕާސްޕޯޓް އިންޑެކްސް އިން އަފްގާނިސްތާނަށް ލިބިފައިވަނީ އެންމެ ފަހަތުން 109 ވަނަ އެވެ.

2019 ވަނަ އަހަރު އެންމެ ވަރުގަދަ 10 ޕާސްޕޯޓް

  • 1- ޖަޕާން، ސިންގަޕޫރު (189 ގައުމު)
  • 2- ފިންލޭންޑް، ޖާމަނީ، އުތުރު ކޮރެއާ (187 ގައުމު)
  • 3- ޑެންމާކު، އިޓަލީ، ލަގްޒަންްބާގް (186 ގައުމު)
  • 4- ޕްރާންސް، ސްޕެއިން، ސުވިޑުން (185 ގައުމު)
  • 5- އޮސްޓްރިއާ، ނެދަރލޭންޑްސް، ޕޯޗުގަލް، ސްވިޒަލޭންޑް ( 184 ގައުމު)
  • 6- ބެލްޖިއަމް، ކެނެޑާ، ގްރީސް، އަޔަލޭންޑް، ނޯވޭ، ޔޫކޭ، ޔޫއެސް ( 183 ގައުމު)
  • 7- މޯލްޓާ (182 ގައުމު)
  • 8- ޗެކް ރިޕަބްލިކް (181 ގައުމު)
  • 9- އޮސްޓްރޭލިޔާ، ލިތުއޭނިޔާ، އައިސްލޭންޑް، ނިއުޒިލޭންޑް ( 180 ގައުމު)
  • 10- ލިތްވިޔާ، ސޮލޮވެކިޔާ، ސްލޮވޭނިޔާ ( 179 ގައުމު)

2019 ވަނަ އަހަރު އެންމެ ބާރުދަށް ޕާސްޕޯޓްތައް

  • 101- ބަންގްލަދޭޝް، އެރިތްރިއާ، އިރާން، ލެނަނާން، ދެކުނު ކޮރެޔާ (39 ގައުމު)
  • 102- ނޭޕާލް (38 ގައުމު)
  • 103- ލީބިޔާ، ފަލަސްތީން، ސޫދާން (37 ގައުމު)
  • 104- ޔަމަން (33 ގައުމު)
  • 105- ސޯމާލިޔާ (31 ގައުމު)
  • 106- ޕާކިސްތާން (30 ގައުމު)
  • 107- ސީރިޔާ (29 ގައުމު)
  • 108- އިރާގް (27 ގައުމު)
  • 109- އަފްގާނިސްތާން (25 ގައުމު)