ދެކުނުގެ ރަށެއްގައި އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މި މައްސަލައިގެ ގޮތުން މިކަން ހިނގި ރަށާއި މައްސަލައާ ގުޅޭ އިތުރު މައުލޫމާތުތައް ފުލުހުން އާންމެއް ނުކުރެ އެވެ.
ފުލުހުން ބުނީ މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ ތިންވަނަ ދުވަހު ކަމަށާއި އެކަން ބަލަމުންދާ ކަމަށެވެ.
މައްސަލާގައި ތުހުމަތުވާ މީހާ އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.