ހަބަރު

ކަސްޓަމްސްއަށް ދެ ޑެޕިއުޓީ ކޮމިޝަނަރުން އައްޔަންކޮށްފި

މޯލްޑިވްސް ކަަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް ދެ ބޭފުޅަކު އައްޔަން ކޮށްފި އެވެ.

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އައްޔަން ކުރީ، މުހައްމަދު މާނިއު (މ. ތިންހިރި) އާއި އަބްދުﷲ ޝަރީފް (ހުޅުމާލެ ފްލެޓް 38-01-04) އެވެ. މިއީ، މި ސަރުކާރުގައި އެ ދެ މަގާމަށް އައްޔަން ކުރެއްވި ފުރަތަމަ ބޭފުޅުންނެވެ.

ދެ ބޭފުޅުންނަށްވެސް މަގާމުގެ ލިޔުމާއި ބެޖު ހަވާލުކޮށްދެއްވީ ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން އެވެ.

އާ ދެ ޑެޕިއުޓީ ކޮމިޝަނަރުންގެ ތެރެއިން ޝަރީފް މިހާތަނަށް ހުންނެވީ ސީނިއާ ސުޕްރިންޓެންޑެންޓުގެ މަގާމުގަ އެވެ. އަދި ކަސްޓަމްސްގައި މަސައްކަތް ކުރައްވާތާ 27 އަހަރު ވެއްޖެ އެވެ. ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އައްޔަން ކުރި މާނިއު އެންމެ
ފަހުން ހުންނެވީ ސުޕްރިންޓެންޑެންޓުގެ މަގާމުގަ އެވެ. އަދި، ކަސްޓަމްސްގައި އުޅުއްވާތާ 16 އަހަރު ވެއްޖެ އެވެ.